ލައިފްސްޓައިލް

މާ ގިނައިން ލުނބޯ އުނގުޅުމުން މޫނަށް ލިބޭނީ ގެއްލުން

Mar 22, 2017

އަމިއްލަ އަށް ގޭގައި ތައްޔާރު ކުރާ ފޭސްމާސްކް ތަކާއި ހެއާ މާސްކް ތަކުގައި ލުނބޯ ބޭނުން ކުރުމަކީ އާންމު ކަމެކެވެ. ނަމަވެސް މާ ކައިރި ކައިރީގައި ލުނބޯ ބޭނުންކޮށްގެން ތައްޔާރުކުރާ ފޭސް މާސްކް ތައް ބޭނުން ކުރުމަކީ ގޯހެކެވެ.

ލުނބޮއިން ލިބޭ ފައިދާގެ ބަދަލުގައި ދެން ލިނބޭ ގެއްލުން ބޮޑުވާނެތީ އެވެ.

މޫނުގައި ހުންނަ ލަކުނުތައް ފިލުވުމަށް އިތުރު އެއްޗަކާއި މިކްސް ނުކޮށް ލުނބޯ އުނގުޅުމަކީ އާންމު ކަމެކެވެ. ނަމަވެސް އެނގޭހެއްޔެވެ؟ ލުނބޯގެ ޕީއެޗް ވަރަށް ބޮޑަށް ދަށްވާނެ އެވެ. އަދި މިއީ އެސިޑިކް އެއްޗެކެވެ. އެހެންކަމުން ލަކުނު ފިލުވަން މާގިނައިން ލުނބޯ އުނގުޅާނަމަ އޭގެން ލިބެންޖެހޭ ފައިދާ ބަދަލުގައި ގެއްލުމެއް ވެދާނެ އެވެ.

ސެލެބްރިޓީ ފޭޝިއަލިސްޓެއް ކަމަށް ޖޯނާ ވާގަސް ވިދާޅުވާ ގޮތުގައި ލުނބޯ އެންމެ ރަނގަޅީ މޫނު ސާފުކުރާ ޓޯނާއެއް ގޮތަށް ބޭނުން ކުރުމެވެ. ނަމަވެސް އާންމުކޮށް ކޮންމެ ދުވަހަކު ބޭނުންކުރުމުގެ ބަދަލުގައި ހަފްތާއަކު އެއްފަހަރު ބޭނުންކުރާ ފޭޝަލް ތަކުގައި ލުނބޯ ބޭނުން ކުރުމަކުން ގެއްލުމެއް ނުވާނެ އެވެ.

ސަބަބަކީ ލުނބޯގައި ހިމެނޭ ފޮޓޯސިންތަޒައިންގެ ޕިގްމެންޓްގެ ސަބަބުން އަތްވަށް ނުކުތުމުން ހަމަށް ލިބޭ ގެއްލުން ބޮޑުވެ ނާޒުކުވާނެތީ އެވެ.

އެހެންކަމުން ލުނބޯ ވެސް ހައްދެއްނެތި ކޮންމެ ދުވަހަކު މޫނު އުނގުޅުމުގެ ބަދަލުގައި ހަފްތާއަކު އެއްފަހަރު ބޭނުންކުރާށެވެ.

ކޮންމެ ދުވަހަކު މޫނުގައި ލުނބޯ އުނގުޅުން ރަނގަޅުނުވި ނަމަވެސް ލުނބޯ ފެނަކީ ކޮންމެ ދުވަހަކު ހެނދުނު ތެދުވެ ބޯން އެންމެ ފައިދާ ހުރި އެއްފެނެވެ.