ވައްކަން

ވައްކަމާ ފޭރުމުގެ މައްސަލައެއްގައި ދެ މީހަކު ހޯދަނީ

ވައްކަމާ ފޭރުމުގެ މައްސަލައެއްގައި ދެމީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

މި ދެމީހުންނަކީ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމެންޓުން ތަހުގީގު ކުރަމުންދާ ދެ މައްސަލަ އަކާއި ގުޅިގެން ހޯދަމުން ދާ ދެ މީހުންނެވެ. މި މައްސަލައާއި ގުޅިގެން ހޯދަމުންދަނީ ޅ. ހިންނަވަރު ފަތަނގުމާގޭ އަހުމަދު ސާއީދު ސައީދު 25، އާއި، މާލެ މއ. ގްރޭވޫލްއާގޭ، ހުސެން ޝާމް 34، އެވެ.

ފުލުހުން ބުނި ގޮތުގައި، ސާއީދު ސައީދުއަކީ ވައްކަމުގެ މައްސަލަ އަކާއި ގުޅިގެން ހޯދަމުންދާ މީހެކެވެ. އަދި ހުސެން ޝާމް އަކީ ފޭރުމުގެ މައްސަލައަކާއި ގުޅިގެން ހޯދަމުންދާ މީހެކެވެ.