ހަބަރު

ޗައިލްޑްހުޑް އެޑިއުކޭޝަން ޕްރޮގްރާމްގައި ފިޔަވަތީ މުވައްޒަފުން ބައިވެރިވެއްޖެ

މެލޭޝިޔާގައި ކުރިއަށްދާ އާލީ ޗައިލްޑްހުޑް އެޑިއުކޭޝަން ޕްރޮގްރާމްގައި ހުޅުމާލޭ ފިޔަވަތީގެ މުވައްޒަފުން ބައިވެރިވެއްޖެ އެވެ.

މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީން މިއަދު ބުނީ ޕަމާޓާ މެލޭޝިއާގެ ފަރާތުން ކުރިއަށް ގެންދާ އެ ތަމްރީނު ޕްރޮގްރާމްގައި ފިޔަވަތީގެ މުއައްޒަފުން ބައިވެރިކުރީ ފިޔަވަތީގައި ދިރިއުޅޭ ދެ އަހަރާއި ފަސް އަހަރާއި ދެމެދުގެ ކުދިންގެ ތައުލީމީ ފެންވަރު ރަނގަޅު ކުރުމާއި އެކުދިން ޕްރައިމަރީ ސްކޫލަށް ތައްޔާރު ކުރުމަށް އެހީތެރިވެދޭން ކަމަށެވެ.

މީގެ އިތުރުން ފިޔަވަތީގައި އާލީ ޗައިލްޑްހުޑް އެޑިޔުކޭޝަން ކުރިއަށްދާ ގޮތް މޮނީޓާ ކުރުމަށާއި އެ ޕްރޮގްރާމަށް މުއައްޒަފުން އިތުރަށް އަހުލުވެރި ކުރުމުގެ ގޮތުން ޕަމާޓާ މެލޭޝިއާގެ ފަރާތުން ފިޔަވައްޗަށް ޒިޔާރަތް ކުރުމަށްވެސް ވަނީ ނިންމާފަ އެވެ.

ފިޔަވަތި އިފްތިތާހް ކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު 17 ވަނަ ދުވަހު އެވެ. އެތާނގައި މިހާރު 10 އަހަރުން ދަށުގެ 85 ކުދިން ތިބެ އެވެ.