ހަބަރު

ތައުލީމާއި ދިރާސާގައި އެއްބާރުލުމަށް މަޝްވަރާކޮށްފި

މަތީ ތައުލީމާއި ދިރާސާގެ ދާއިރާތަކުން އެއްބާރުލުން އިތުރަށް ދިނުމާގުޅޭގޮތުން ގައުމީ ޔުނިވާސިޓީ އާއި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މަޝްވަރާކޮށްފި އެވެ.

ޤައުމީ ޔުނިވާސިޓީގައި މިއަދު ބޭއްވި މި މަޝްވަރާގައި ލެކްޗަރަރުންނާއި ދަރިވަރުންނަށް، ދެ ތަނުގެ ވަޞީލަތްތައް ބޭނުން ކުރުމުގައި އެއްބާރުލުން އިތުރު ކުރުމާއި، ސީއެސްސީގެ މުވައްޒަފުންނަށް ކޯސްތައް ތައާރަފު ކުރުމުގައި ޔުނިވާސިޓީގެ އެހީތެރިކަން ހޯދުން ފަދަ ކަންކަން ހިމެނެ އެވެ.