ހަބަރު

އިމާރާތެއްގެ މަތިން ޒުވާނަކު ވެއްޓި މަރުވެއްޖެ

ޗާންދަނީ މަގުގައި ހުންނަ އިމާރާތެއްގެ މަތިން ޒުވާނަކު ވެއްޓި މަރުވެއްޖެ އެވެ.

މިރޭ 9:30 އެހާކަންހާއިރު ހިނގި އެ ހާދިސާގައި މަރުވެފައި ވަނީ 25 އަހަރުގެ ޒުވާނެކެވެ. އެ ޒުވާނާ ވެއްޓިފައި ވަނީ ޗާންދަނީ މަގުން މައްޗަން ގޯޅީގައި ހުންނަ ގެއެއްގެ މަތިންނެވެ.

އޭނާ އައިޖީއެމްއެޗަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާ ވެއްޓުނު ހިސާބު މަގުމަތީގައި ބޮލުން ފައިބާފައި ހުރި ލޭތައް ވެސް ފެންނަން ހުއްޓެވެ.

އެ ހާދިސާއާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.