މޫސުން

މޫސުމުގެ ލަފާތައް އިތުރަށް ސީދާ ކުރަން ޗައިނާގެ އެހީ ހޯދަނީ

ޗައިނާ އިން ލޯންޗް ކުރާ މޫސުން ލަފާ ކުރާ ސެޓެލައިޓެއްގެ އެހީ ރާއްޖެއަށް ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ބުނެފި އެވެ.

މޫސުމާބެހޭ ގައުމީ އިދާރާގެ އެސިސްޓެންޓް މީޓިއޮރޮލޮޖިސްޓް އަބްދުﷲ ހާފިޒް މިއަދު ވިދާޅުވީ އަންނަ އަހަރު ޗައިނާއިން ލޯންޗް ކުރުމަށް ނިންމާފައިވާ ސެޓްލައިޓެއް މެދުވެރިކޮށް މޫސުން ލަފާ ކުރުމުގެ އެހީ ރާއްޖެއަށް ލިބޭނެ ކަމަށާއި އެ ހިދުމަތް ލިބެން ފެށުމުން ކޮންމެ 15 މިނެޓަކުން މޫސުމުގެ މައުލޫމާތާއި ފޮޓޯތައް ލިބޭނެ ކަމަށެވެ. އަދި ވިދާޅުވީ އޭރަށް މިހާރަށްވުރެ މޫސުމާބެހޭ ލަފާކުރުންތައް ސީދާވާނެ ކަމަށެވެ.

"އޭގެ ސަބަބުން ވަރަށް ބޮޑު ކުރިއެރުންތައް ލިބިގެންދާނެ މޫސުމާބެހޭ މައުލޫމާތު ފޯރުކޮށްދިނުމުގައި،" ހާފިޒް ވިދާޅުވި އެވެ.

މެޓް އޮފީހުން މިހާރުވެސް މައުލޫމާތު ފޯރުކޮށްދެނީ ޗައިނާގެ ސެޓެލައިޓެއް މެދުވެރިކޮށެވެ.