މޫސުން

25 ސަރަހައްދެއްގައި އޮޓޮމެޓިކް ވެދާ ސްޓޭޝަން ގާއިމް ކުރަނީ

އަތޮޅުތަކުގެ 25 ތަނެއްގައި ވެދާ ސްޓޭޝަންތައް ގާއިމް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މެޓް އޮފީހުން މިއަދު ބުނެފި އެވެ.

ބައިނަލް އަގްވާމީ މޫސުމާ ބެހޭ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓާގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ އިދާރާގެ ކްލައިމެޓޯލޮޖިސްޓް ޑރ. ޒާހިދު ވިދާޅުވީ، ވެދާ ސްޓޭޝަންތައް ގާއިމް ކުރާނެ ފައިސާ ވެސް ހަމަޖެހިފައިވާ ކަމަށެވެ.

އޭނާ އަދި ވިދާޅުވީ މޫސުން ލަފާ ކުރަން ބޭނުންކުރާ އާލާތްތައް އޮޓޮމެޓިކު ކުރުމުގެ މަސައްކަތް ވެސް ދެ އަހަރުގެ ތެރޭގައި ފަށާނެ ކަމަށެވެ.

މެޓް އޮފީސް ތަރައްގީ ކުރުމުގެ ގޮތުން ބެކަޕް ޕަވާ ސިސްޓަމްއެއް ގާއިމް ކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް އިޝާރާތް ކުރައްވާ އޭނާ ވިދާޅުވީ އެ ސިސްޓަމް ގާއިމުވުމުން ހުޅުލެއިން ކަރަޓް ދިޔަ ނަމަވެސް މެޓް އޮފީހުގެ މަސައްކަތްތަކަށް ބުރޫނާރައި މޫސުމާބެހޭ މައުލޫމާތު ދެވެނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.