ކުޅިވަރު

ނޭޕާލް ބަލިކޮށް ތުރުކްމުނިސްތާން ފެށުން ރަނގަޅު

Mar 23, 2017

ރާއްޖޭގައި، މިހާރު ކުރިއަށްދާ އޭޝިއާގެ ސެންޓްރަލް ޒޯން ފިރިހެން ވޮލީބޯޅަ މުބާރަތުގައި، ނޭޕާލްގެ މައްޗަށް ކާމިޔާބު ހޯދައި، ތުރުކްމުނިސްތާނުން ފެށުން ރަނގަޅު ކޮށްފި އެވެ.

ތުރުކްމުނިސްތާން މެޗު ކާމިޔާބު ކުރީ ސީދާ ތިން ސެޓުން ނެވެ.

ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި ކުޅުނު މެޗުގެ ފުރަތަމަ ސެޓް، ތުރުކްމުނިސްތާން ކާމިޔާބު ކުރީ، ފަސް ޕޮއިންޓްގެ ލީޑަކާ އެކު 25-20 ދެ ވަނަ ސެޓް ކާމިޔާބު ހަތް ޕޮއިންޓްގެ ލީޑަކާ އެކު، 25-18 ން ނެވެ.

ތިން ވަނަ ސެޓް ނޭޕާލުން ވަނީ ރަނގަޅު ފައިޓެއް ދީފަ އެވެ. ނަމަވެސް، ސެޓް ގެންދިޔައީ ތުރުކްމުނިސްތާން ޓީމެވެ. އެޓީމުން ސެޓް ކާމިޔާބު ކުރީ 25-22 ން ނެވެ. މުބާރާތުގައި މާދަމާ ބައްދަލު ކުރާނީ ނޭޕާލާއި ރާއްޖެ އެވެ.