ޕާސްތާއަކީ އެންމެ ގިނަ މީހުންގެ ކެއުމުގެ ޗޮއިސްކަން ޔަގީނެވެ. މިއީ ހަދާލަން ވެސް ވަރަށް ފަސޭހަ އަނގަޔަށް ވެސް އެހާ މީރު އެއްޗެކެވެ. ޕާސްތާ ކައްކަން އެނގޭ ހެއްޔެވެ؟ އެނގޭނަމަ ކެއްކުމުގައި ގޯސް ހެދެނީ ކިހާ ހިސާބަކުން ހެއްޔެވެ؟
ޕާސްތާ ކެއްކުމުގައި ގެންގުޅޭ އާ ސައިންޓިފިކް އުސޫލެއް މިހާރު މިވަނީ އާންމުކޮށްފަ އެވެ.
އެގޮތުން ޕާސްތާ ކެއްކުމުގެ ހާއްސަ ސައިންޓިފިކް ޓެކްނިކް ދާދިފަހުން ޔޫޓިއުބްގައި އާންމު ކުރި ވީޑިއޯ އަކުން ކައިލީ ނަކާސް ވަނީ ކިޔައިދީފަ އެވެ.
އޭނާ ބުނެފައިވަނީ ޕާސްތާ ކައްކާއިރު ފެންގަނޑުގެ ތެރެއަށް ލޮނު އެޅި ނަމަވެސް ތެޔޮ ނާޅާށެވެ. ނަމަވެސް އަހަރެމެން އެންމެހެން ޕާސްތާ ކައްކަނީ ތެޔޮ އަޅައިގެންނެވެ.
ތެޔޮ ނާޅަންވީ ސަބަބެއް ކަމަށް ކައިލީ ބުނީ ޕާސްތާތައް ތަތްލެވިޔަ ނުދެން ތެޔޮ އެޅި ނަމަވެސް އެކަމުގެ މާބޮޑު އަސަރެއް ނުކުރާށެވެ. އަދި ފެންގަނޑު އުކާލާއިރު ތެޔޮތަށް ދޮވެވިގެންދާ ކަމަށެވެ.
މީގެ އިތުރުން ވެސް އޭނާ ބުނީ ބިހާއި ފެނާއި ފުށުން ތައްޔާރުކޮށްފައި ހުންނަ ޕާސްތާގައި ހިމެނެނީ ސްޓާޗް އަދި ޕްރޮޓީން ކަމަށެވެ. އަދި ޕާސްތާތައް ހޫނުވެ ރަނގަޅަށް ކެކެން ފެށުމުން ކެމިކަލް މި ދެ ޕްރޮޕަޓީސް ރަނގަޅަށް މަސައްކަތް ކުރަންފަށަ އެވެ. އަދި ޕާސްތާތައް ރަނގަޅަށް އެކަތި އަނެއްކައްޗާ ޖެހި ރީތި ކެއްކޭނީ ތެޔޮ ނޭޅުމުން ކަމަށް އޭނާ ބުނެ އެވެ.
ޕާސްތާގެ ސޯސްގަނޑު އެއްކުރާއިރު ވެސް ތެޔޮނާޅާ ޕާސްތާ މަޑުކުރުމުން ސޯސްތަކާއި ޕާސްތާ އާއި ރީތިކޮށް އެކުވާނެ ކަމަށް ވެސް އެ ވީޑިއޯގައި ބުނެފައިވެ އެވެ. އަދި މިއީ ޕާސްތާގެ ރަހަ ރަނގަޅު ކުރުމަށް ވެސް ރަނގަޅުގޮތެއް ކަމަށް އޭނާބުނެފައި ވެއެވެ.
އެހެންވީމަ ޕާސްތާކައްކަން ތިގެންގުޅުނު އުސޫލު އަވަހަށް ބަދަލު ކުރާށެވެ.