ރާއްޖެ ކުޅިވަރު

ދެވަނަ މެޗުގައި ބަހުރޭން އަތުން ރާއްޖެ ބަލިވެއްޖެ

އޮމާންގައި ކުރިއަށްދާ އޭއެފްސީ 23 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގެ ގުރޫޕް އޭގައި ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމު ކުޅުނު ދެވަނަ މެޗުގައި މިރޭ ބަހުރޭންގެ 23 އަހަރުން ދަށުގެ ޓީމު އަތުން 3-0 އިން ބަލިވެއްޖެ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ބަހުރޭން އިން ވަނީ 1-0ގެ ލީޑެއް ނަގައިފަ އެވެ. އެ ޓީމުން އިތުރު ދެ ލަނޑު ޖެހީ ދެވަނަ ހާފުގަ އެވެ.

ކޮލިފައިންގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ލުބްނާން އަތުން ބަލިވީ 2-1 އިންނެވެ. މި މެޗުން ލުބްނާން މޮޅުވީ ރާއްޖެ ލަނޑެއް ޖަހައި ލީޑު ހޯދައިފައިވަނިކޮށެވެ.

ކޮލިފައިންގައި ރާއްޖެ ކުޅޭ ތިން ވަނަ މެޗުގައި ހުކުރު ދުވަހު ރާއްޖެއާ ދެކޮޅަށް ނުކުންނާނީ އިރާގެެވެ. މި މަހުގެ 29 ވަނަ ދުވަހު ރާއްޖެއާ ކުރިމަތިލާނީ އޮމާން އެވެ.