ހަބަރު

ގެސްޓްހައުސް ވިޔަފާރިޔަށް މުރައިދޫ ހުޅުވާލަނީ

ގެސްޓް ހައުސް ހަދައި ހިންގަން ހއ. މުރައިދޫގެ ބިން ކުއްޔަށް ދޫކުރުމަށް މުރައިދޫ ކައުންސިލް ނިންމާ ބީލަމަށް ހުޅުވާލައިފި އެވެ.

ގެސްޓް ހައުސް ހަދަން ކުއްޔަށް ދޭން ނިންމާފައިވަނީ މުރައިދޫ ހުޅަނގު ދެކުނު ބީޗް ސަރަހައްދުން 45،579 އަކަފޫޓުގެ ބިމެކެވެ. މި ބިން ކުއްޔައް ދޭން އެ ރަށު ކައުންސިލް އިދާރާއިން ހަމަޖައްސާފައި ވަނީ 50 އަހަރު ދުވަހުގެ މުއްދަތަށެވެ.

އެ ބިމުގައި އަމިއްލަ ހަރަދުގައި ގެސްޓް ހައުސް އިމާރަތް ކޮށް ހިންގުމަށް ޝައުގުވެރިވާ ފަރާތައް ބީލަން ހުށައެޅުމަށް އެ ރަށު ކައުންސިލް އިދާރާ އިން މިހާރުވަނީ ހުޅުވާލާފަ އެވެ.

ޝައުގުވެރިވާ ފަރާތް ތަކަށް ބީލަން ޑޮކިއުމަންޓް މިއަދުން ފެށިގެން 23 އޭޕްރިލް ގެ ނިޔަލަށް އެ ރަށު ކައުންސިލް އިދާރާއިން ލިބެ އެވެ.