ރާއްޖެ ކުޅިވަރު

ރެޑްބުލްގެ "ކަރުދާސް ރޮކެޓް" މުބާރާތް މާދަމާ ފަށަނީ

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަގްބޫލުކަން ހޯދައިފައިވާ ރެޑްބުލް ޕޭޕާ ވިންގްސްގެ ވޯލްޑް ޗެމްޕިއަންޝިޕްގެ ކޮލިފައިން ބުރު ރާއްޖޭގައި މާދަމާ ފަށާނެ އެވެެ. 

ޕޭޕާ ޕްލޭންސް ނުވަތަ ދިވެހިންގެ މެދުގައި ކިޔާގޮތުންނަމަ ކަރުދާސް ރޮކެޓުގެ ހުނަރުތައް ދައްކާލާ މުބާރާތުގެ ކޮލިފައިން ބުރު ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާނީ ކުޅިވަރު އެކުވެނި އިންޑޯ ކޯޓުގަ އެވެ. 

މި މުބާރާތުގެ ފަނޑިޔާރުކަން ކުރާނީ އެއިރޯނޯޓިކަލް ތަޖުރިބާކާރުންނެވެ.  

މޭ މަހު އޮސްޓްރިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ރެޑްބުލް ޕޭޕާ ވިންގްސް ވޯލްޑް ޗެމްޕިއަންޝިޕަށް ކޮލިފައިވުމަށް 80 ގައުމެއްގައި ކޮލިފައިން ބުރުތައް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.  

މި މުބާރާތުގެ ކޮލިފައިން ބުރުގައި 2012 ވަނަ އަހަރު 83 ގައުމަކުން 37000 އަށްވުރެ ގިނަ މީހުން ބައިވެރިވި އެވެ. މި މުބާރާތުގައި މި އަހަރު ބައިވެރިވާ މީހުންގެ އަދަދު މިއަށްވުރެ އިތުރުވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.