ރައީސް މުހައްމަދު ނަޝީދު

ޗިޓް ރައްދު ނުވެގެން ނަޝީދުގެ ޝަރީއަތް ކެންސަލް

Mar 29, 2017

ޗިޓް ހަވާލު ކުރެވޭ ގޮތް ނުވުމުން މިއަދަށް ތާވަލްކޮށްފައި އޮތް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލައިގެ ޝަރީއަތް ފެށުން ކެންސެލްކޮށްފި އެވެ.

މިހާރު ވެސް ޓެރަރިޒަމްގެ ކުށުގައި 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ނަޝީދުގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިޒަމްގެ ދައުވާއެކެވެ. އެއީ ނަޝީދުގެ ރައީސް ކަމުގައި މިހާރުގެ ރައީސް އަބްދުﷲ ޔާމީން އަދި އޭރު ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު ޖުލައި 14، 2010 ގައި ހައްޔަރު ކުރި މައްސަލާގަ އެވެ. ނަޝީދުގެ ސަރުކާރުން ރައީސް ޔާމީން ހައްޔަރުކޮށް، ނުވަ ދުވަސް ވަންދެން އާރަށުގައި ވަނީ ބަހައްޓާފަ އެވެ. އެމަނިކުފާނު ދޫކޮށްލީ، ގަވާއިދާ ހިލާފަށް އެ މަނިކުފާނު ހައްޔަރު ކުރި ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމުންނެވެ.

މި މައްސަލާގައި އޭރުގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލްގެ މައްޗަށް ވެސް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފަ އެވެ.