ބޮލީވުޑް

ސަލްމާން ހާންގެ އާއިލާ ރާއްޖޭގައި

Mar 30, 2017

ސަލްމާން ހާންގެ އާއިލާގެ ގިނަ މެންބަރުންތަކެއް ރާއްޖެ އަތުވެއްޖެ އެވެ. އެ އާއިލާ ރާއްޖެ އައީ ސަލްމާނަށް ބޮޑުބޭބެ ކިޔާ އާހިލް ޝަރްމާއަށް މިއަދު އެއް އަހަރުފުރޭ އުފަން ދުވަސް ފާހަގަ ކުރާށެވެ. އާއިހިލް އަކީ ސަލްމާން ހާންގެ އަންހެން ކޮއްކޮ، އަރުޕިތާ ހާންގެ ފުރަތަމަ ދަރިފުޅުވެ.

އާހިލްގެ އުފަން ދުވަސް ފާހަގަ ކުރަން ސަލްމާންގެ އާއިލާ އައިސްތިބީ އަމިއްލަ ފުށި ރިސޯޓުގަ އެވެ.

އަރްޕިތާ ވަނީ އެ އާއިލާ އެންމެ ރާއްޖެ އައިސްނަގާފައިވާ ފޮޓޯ އެއް އިންސްގްރާމް ކޮށްފަ އެވެ. އެ ފޮޓޯއިން ފެންނަނީ އެއާޕޯޓުގައި މޯލްޑިވިއަން ފްލައިޓެއް ކައިރީ އެ އާއިލާގެ ގިނަ ބަޔަކު މަޑުކޮށްގެން ތިބޭ މަންޒަރެވެ. އެގޭ ތެރޭގައި އަރްބާޒް ހާނާއި މަލައިކާ އަރޯރާގެ އިތުރުން އަމްރިތާ އަރޯރާ އަދި ސަލްމާ އާއި ހެލެން ހިމެނެ އެވެ.

އިންޑިއާގެ ނޫސްތަކުގައިވާ ގޮތުން އޮސްޓްރިއާގައި ޝޫޓު ކުރަމުން އަންނަ ޓައިގާ ޒިންދާ ހޭ ފިލްމުގެ މަސައްކަތުގައި އުޅެމުން ވެސް ސަލްމާން ވަނީ 22 ގަޑިއިރުގެ ދަތުރަކަށްފަހު އާހިލްގެ އުފަން ދުވަހުގައި ބައިވެރިވާން ރާއްޖެ އައިސްފަ އެވެ. އަދި އެކުގައި އޭނާގެ ލޯބިވެރިޔާ ލޫލިއާ ވަންތުރު ވެސް އައި ކަމަށް މީޑިއާ ރިޕޯޓް ތަކުގައި ވެއެވެ.