ދުނިޔެ

މެލޭޝިއާ އާއި އުތުރުގެ އަރައިރުން ނިިމުމަކަށް

Mar 31, 2017

އުތުރުކޮރެއާގެ ލީޑަރު ކިމް ޖޮން އުން މެލޭޝިއާގައި ހުއްޓައި މަރައިލި ހާދިސާއާ ގުޅިގެން ދެގައުމުގެ ދެމެދުގައި އުފެދުނު އަރައިރުން ނިމި، ކިމްގެ ހަށިގަނޑު އުތުރުކޮރެއާއާ ހަވާލުކޮށްފިއެވެ.

މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބް ރައްޒާގު އިއްޔެ ނެރުއްވި ބަޔާނެެއްގައި ބުނެފައި ވަނީ ކިމް ޖޮން ނަމްގެ ހަށިގަނޑު އުތުރުކޮރެއާ އާ ހަވާލުކުރީ އޮޓޯޕްސީ ހެދުމަށް ފަހު ކޮރޯނާ އެކަމަށް ހުއްދަ ދިނުމުން ކަމަށެވެ. އަދި ބުނީ އޭނާގެ ހަށިގަނޑު ހަވާލުކޮށްދިނުން އެދި އާއިލާއިން ފޮނުވި ސިޓީއެއް ވެސް މެލޭޝިއާ ސަރުކާރަށް ލިބިފައިވާ ކަމަށެވެ.

ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގު ކުރިއަށް ދިޔަ އިރު އުތުރުކޮރެއާގެ ބައެއް އޮފިޝަލުންނާއި ސުވާލުކުރުމާއި އޭނާ މަަރައިލި ގޮތާ ބެހޭ ގޮތުން މެލޭޝިއާއިން ދެއްކި ވާހަކަތަކާ އުތުރުކޮރެއާއިން ވަރަށް ބޮޑަށް ދެކޮޅު ހެދިއެވެ. އެގޮތުން އެ ދެގައުމުގެ މެދުގައި އުފެދުނު އަރައިރުމުގައި ، އުތުރުކޮރެއާގައި ތިބި މެލޭޝިއާ މީހުން އެގައުމުން ފުރުން އުތުރުކޮރެއާ ސަރުކާރުން މަނާކުރިއެވެ. ބަދަލުގައި މެލޭޝިއާއިން ވެސް ވަނީ އެގައުމުގައި ތިބި އުތުރުކޮރެއާ މީހުން ފުރުން މަނާކޮށްފައެވެ. އޭގެ އިތުރުން ދެގައުމުގެ ދެމެދުގައި އޮތް، ކުރިން ވިސާ ޖެހުމަކާ ނުލައި އެއްގައުމުގެ މީހުން އަނެއް ގައުމަށް ދަތުރުކުރެވޭ އުސޫލަށް އަމަލުކުރުން ވެސް މެލޭޝިއާއިން ހުއްޓައިލިއެވެ.

ދެގައުމުން ވާހަކަ ދައްކައިގެން މައްސަލަ ހައްލުވެ، ކިމްގެ ހަށިގަނޑު ދޫކޮށްލުމުން އުތުރުކޮރެއާގައި ތިބި މީހުން ފުުރުމުގެ ހުއްދަ އެގައުމުގެ ސަރުކާރުން އިއްޔެ ވަނީ ދީފައެވެ. އެހެންވެ މެލޭޝިއާއިން ވެސް ވަނީ އެގައުމުގައި ތިބި އުތުރުކޮރެއާ މީހުން ފުރުމުގެ ހުއްދަ ދީފައެވެ.

އުތުރުކޮރެއާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކިމްގެ މަރާ ގުޅިގެން އުފެދުނު މައްްސަލަ ހައްލުވީ މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުގައި ދެގައުމުގެ އޮފިޝަލުން މަޝްވަރާކޮށްގެން ކަމަށެވެ. އަދި ބުނެފައި ވަނީ ދެގައުމުގެ ދެމެދުގައި ގުޅުން އޮތުމުގެ މުހިއްމުކަން ބައްދަލުވުމުގައި ފާހަގަކޮށްފައިވާ ކަމަށާއި ވިސާއާ ނުލައި ދަތުރުކުރެވޭ އުސޫލު އިއާދަކުރުމަށް ދެގައުމުން ވާހަކަ ދައްކާނެ ކަމަށެވެ.

މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުގެ ބައިނަލް އަގުވާމީ ވައިގެ ބަނދަރުގައި ހުއްޓައި ކިމް މަރާލީ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އޭނާ މަރުވީ ދެ އަންހެނަކު އޭނާގެ މޫނުގައި ވީއެކްސް ނާވް އޭޖެންޓް އުނގުޅުމުން ކަމަށް މެލޭޝިއާ ފުލުހުން ވަނީ ބުނެފައެވެ. ވީ އެކްސް ނާވް އޭޖެންޓަކީ ނުރައްކާތެރި ކެމިކަލް ހަތިޔާރެކެވެ.