ސިއްހަތު

ކެލަރީ މަދުވާ ގޮތަށް ބަތް ކައްކާނެ ފަސޭހަ ގޮތެއް

Mar 27, 2015

ހަނޑުލަކީ މުޅި ދުނިޔޭގައި ވެސް އެންމެ އާންމު ކާނާ އެވެ. މުޅި ދުނިޔޭގައި ހައްދާ ހަނޑުލުމުގެ ގާތްގަނޑަކަށް 90 ޕަސެންޓް ކާލަނީ އޭޝިއާ ބައްރުގަ އެވެ. މި ސަރަހައްދުގައި ހަނޑުލާ ނުލައި އެންމެ ވަގުތެއްގެ ކޮއްތު ވެސް ފުރިހަމައެއް ނުވެއޭ ބުންޏަސް ރަނގަޅުވާނެ އެވެ.

ހަނޑުލަކީ އެންމެ އާންމު ކާނާ ކަމަށް ވިޔަސް ހަށިގަނޑަށް ބަރު ކާނާއެއް ކަމަށްވާ ހަނޑުލަކީ މި ބާވަތުގެ އެހެން ކާނާތަކެކޭ އެއްފަދައިން ހަށިގަނޑަށް އެހާ ރަނގަޅު އެއްޗަކަށް ނުވެ އެވެ. އަދި ހާއްސަކޮށް، ހުދު ހަނޑޫ ގިނައިން ބޭނުންކުރުމަކީ ހަކުރު ބައްޔަށް މަގު ފަހިކުރުވާ ކަމެކެވެ. ޖޯޑެއްހާ ހަނޑޫ ކެއްކުމުން އޭގައި ގާތްގަނޑަކަށް 200 ކެލަރީސް ހުރެ އެވެ. މީގައި ހުންނަ ކާބޯހައިޑްރޭޓްސް ހަށިގަނޑުގެ ތެރޭގައި ހަކުރަށް ބަދަލުވެ ފެޓް އުފައްދަ އެވެ. ހަނޑުލަކީ ހަށިގަނޑަށް އެހާ ރަނގަޅު އެއްޗަކަށް ނުވަނީ މި ސަބަބާ ހެދި އެވެ.

އެކަމަކު ހަނޑުލުގެ ކެލަރީ ދަށްކޮށްލާނެ ފަސޭހަ ގޮތެއް ސައިންސްވެރިން މި ވަނީ ހޯދައިފަ އެވެ.

ސްރީ ލަންކާގެ ކޮލެޖް އޮފް ކެމިކަލް ސައިންސަސްގެ އަންޑަ ގުރެޖުއޭޓް ދަރިވަރަކާއި އޭނާގެ އެދުރު މިހާރު ވަނީ ހަނޑުލުގެ ކެލަރީސް 50 ޕަސެންޓް ދަށްކޮށްލެވޭނެ އަދި އެއާ އެކު ސިއްހީ އިތުރު ފައިދާތަކެއް ވެސް ލިބޭނެ ގޮތެއް ހޯދައިފަ އެވެ.

ކާބޯހައިޑްރޭޓްސްގެ މާއްދާ ކަމަށްވާ ސްޓާޗްގެ ދެ ބާވަތެއް ހަނޑުލުގައި ހުރެ އެވެ. އެއީ ހަޖަމުވާ ބާވަތަކާއި ހަޖަމު ނުވާ ބާވަތެކެވެ. ހަޖަމު ނުވާ ބާވަތް ކުޑަ ގޮހޮރުގެ ތެރޭގައި ނެތިގެން ނުގޮސް ހުރެ އެވެ. އެހެންވެ އެ ސްޓާޗްގައި ހުންނަ ކާބޯހައިޑްރޭޓްސް އާއި އެއިން އުފެދޭ ހަކުރު ހަށިގަނޑުގެ ތެރެއަކަށް ނުދެ އެވެ. ސައިންސްވެރިން ދެނެގެންފައި ވަނީ ހަޖަމުގެ ހަށިގަނޑަށް ދަމައިގަންނަ ސްޓާޗް ހަޖަމު ނުވާނެ ގޮތެކެވެ.

އަހަރެމެންގެ ކެއުމުގައި ހަނޑޫ މުހިންމުވެފައި އަދި އޭގެ ސިއްހީ ފައިދާތަކަށް ވުރެ ނުރައްކާ ބޮޑުވުމުން މިއީ ވިސްނާލަންޖެހޭ ކަމެކެވެ.