ހަބަރު

މުޒާހަރާތަކާ ގުޅިގެން އެމްޑީޕީ އާއި އަދާލަތު ޕާޓީ ޖޫރިމަނާކޮށް އިންޒާރު ދީފި

Mar 26, 2015

މާލޭގައި މިހާރު ސަރުކާރާ ދެކޮޅަށް ބާއްވާ މުޒާހަރާތަކުގައި އެމްޑީޕީ އާއި އަދާލަތު ޕާޓީ ސިޔާސީ ޕާޓީގެ ގާނޫނާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފް ވެފައިވާ ކަމަށް ނިންމައި އެ ދެ ޕާޓީ އިލެކްޝަންސް ކޮމިޝަނުން ޖޫރިމަނާކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އެމްޑީޕީ ޖޫރިމަނާކޮށްފައި ވަނީ 47000ރ. އިން ކަމަށާއި އަދާލަތު ޕާޓީ ޖޫރިމަނާކުރީ 33000ރ. އިން ކަމަށެވެ. މި ފައިސާ ހަތް ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް ދެއްކުމަށް ވެސް ވަނީ އަންގައިފަ އެވެ.

މި ދެ ޕާޓީ ޖޫރިމަނާކުރީ ސިޔާސީ ޕާޓީގެ ގާނޫނީ އެއްވެ އުޅުމުގެ މިނިވަންކަމާ ބެހޭ ގާނޫނާ ހިލާފަށް ފުލުހުންނަށް ހަމަލާދީ، އާންމުންގެ މުދަލަށް ގެއްލުންދީ، އަނިޔާވެރި އަމަލުތަކަށް ގޮވައިލުން ފަދަ އަމަލުތައް ހިންގާފައިވާތީ އާއި ފުލުހުންނާއި އިލެކްޝަންސްގެ އެންގުތަކަށް ތަކުރާރުކޮށް ތަބާނުވުމުގެ ސަބަބުން ކަމަށް އިލެކްޝަންސް އިން ބުންޏެވެ. އަދި މުޒާހަރާތަކުގައި މިފަދަ އަަމަލުތައް ކުރިއަށް އޮތް ތަނުގައި ތަކުރާރުކޮށްފި ނަމަ އިތުރު ފިޔަވަޅެއް އަޅަން ޖެހިދާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފަ އެވެ.