ސިއްހަތު

ސްޓްރެސް އިތުރުވާ ކާނާ

Mar 27, 2015

އަހަރެމެންގެ ދިރިއުޅުމުގެ ކޮންމެ ދުވަހެއް ވެސް ނިމިގެން ދަނީ ކޮންމެވެސް ކަންތައްގަނޑެއްގެ ތެރޭގައި ބޯ ހާސްވެގެން ތެޅިފޮޅުމަށް ފަހު އެވެ. ކަންތައްތަކާ މާބޮޑަށް ވިސްނާ ފިކުރުކޮށް ހަދާނަމަ ތިމާއަށް އެކަމުން ނޭދެވޭ އަސަރުތައްކުރެ އެވެ. އެގޮތުން މާ ސްޓްރެސްފުލް ލައިފެއްގައި އުޅެންޖެހުމަކީ އެކަމުގެ ސަބަބުން ވަރަށް ފަސޭހައިން މޫޑު ބަދަލުވާ ކަމެކެވެ.

މިފަދަ ހާލަތެއް ދިމާވެއްޖެނަމަ ކޮންމެ މީހަކުވެސް ބަލަނީ މީރު ކާއެއްޗެއް ކާލައިގެން މޫޑު ރަނގަޅު ކުރެވޭތޯ އެވެ. އެހެންކަމުން މާބޮޑަށް މޫޑު ގޯސްވުމުން ޗޮކްލެޓެއް ނުވަތަ އެނޫން ވެސް މީރު ފޮނިއެއްޗެއް ކާލާ ހިތްވޭހެއްޔެވެ؟

ސްޓްރެސްގެ ވަގުތު ތަކުގައި އެފަދަ ވާހަކަތައް ހިއްސާކޮށްލަން ކޮންމެވެސް ރައްޓެއްސަކާ އެކު ދެވެނީ ކޮންމެވެސް ރެސްޓޯރެންޓަކަށެވެ. ވާހަކަ ދައްކާލާ މީރު ކެއެމަކަށް އިންސާފުކޮށްލުމުން ސްޓްރެސް ފިލައިދާނެކަމަށް ހީކޮށެވެ.

ބައެއް ފަހަރު ކެވޭ ކާއެއްޗެހީގެ ސަބަބުން މީހާ އިިތުރަށް ސްޓްރެސް ވެދާނެ ކަމަށް ގަބޫލުކުރަން ހެއްޔެވެ؟

އެހެންކަމުން ސްޓްރެސް ވެއްޖެނަމަ ތިރީގައިމިވާ ކާތަކެތި ކެއުން ހުއްޓާލާށެވެ.

ފިހެގެން ހަދާފައި ހުންނަ ޕޭސްޓްރީ ފަދަ ތަކެތިން މާބޮޑަށް ސްޓްރެސް ވެދާނެ ކަމަށް ގަބޫލުކުރަން ހެއްޔެވެ. ޑޯނަޓްސް އާއި މިނޫންވެސް އެކި ވައްތަރުތަކުގެ ޕޭސްޓްރީއަކީ ފައިބަ އެއްގޮތަކަށް ވެސް ނުހިމެނޭ ކާއެއްޗިއްސަށް ވުމުން މީގައި ހިމެނޭ ހަކުރު ހަޖަމްކޮށްނުދެ އެވެ. މީގެ ނަތީޖާއެއްގެ ގޮތުން ސްޓްރެސް ހޯމޯންއާ އެއްވަރަކަށް ގުލްކޯޒް ލެވެލްވެސް ހަށިގަނޑުގައި އިތުރުކޮށްދެ އެވެ.

ފަސޭހައިން ކާބޯހައިޑްރޭޓްސް ލިބޭ މި ޕޭސްޓްރީއަކީ ސްޓްރެސް އަށް ވަގުތީ ހައްލެކެވެ. ޕްރެޓްސެލް ކެއުމުން މީހާގެ މޫޑް ވަރަށް ފަސޭހައިން ރަނގަޅު ކޮށްދެ އެވެ. އެހެންނަމަވެސް މަދު މިނެޓްކޮޅެއްގެ ތެރޭގައި ކުރިން ތިމާގެ މޫޑް ހުރިގޮތަށްވުރެ ގޯސްވެ އެވެ. އަނގަޔަށް ކިތަންމެ މީރު އެއްޗަކަސް މިކަމުން މާބޮޑު ހައްލެއް ނުލިބެ އެވެ.

ޓްރާންސް ފެޓް ގިނައަދަދަކަށް ހިމެނޭ ޕޮޓޭޓޯ ޗިޕްސް އަކީ ސްފަސޭހައިން ލިބެންހުންނަ އެއްޗަކަށް ވުމުން، ކާލެވެނީ އެވެ. އެހެންނަމަވެސް މިއީ ކާބޯހައިޑްރޭޓްސް ގިނަ އަދަދަކަށް ހިމެނޭ އެއްޗަކަށް ވުމުން މީހާގެ ބަރުދަން އިތުރުކޮށްދިނުމުގެ ސަބަބުން ހަށިގަނޑަށް ނޭދެވޭ އަސަރުތައް ކުރެ އެވެ.

ކޮފީގައި ހިމެނޭ ކެފެއިން އަކީ ހަށިގަނޑަށް ފައިދާ ހުރި އެއްޗެކެވެ. ސިކުނޑި ހޭއްލައްވައި މީހާގެ މޫޑް ބޫސްޓްކޮށްދޭ ބުއިމެކެވެ. ނަމަވެސް ސްޓްރެސްވާ ކޮންމެ ފަހަރަކު ފޮނިކޮށް ކޮފީބޯނަމަ، ހަކުރުގެ ގޮތުގައި ހަށިގަނޑަށް އެތެރެ ކުރެވެނީ އެތަކެއް ޓަނުގެ ކެލޮރީސް އެވެ.

ކުޑަކޮށް ނަމަވެސް ކަމަކާ ހިތްހަމަނުޖެހިގެން އެއްޗެއް ކާލާހިތްވާނަމަ ބަލަނީ ކޮންމެވެސް ކަަހަލަ ޖަންކް ފުޑެއް ކެވޭތޯ އެވެ. ފްރެންޗް ފްރައިސް އަކީ ގިނަ އަދަދަކަށް ކާބޯހައިޑްރޭޓްސް، ޓްރޭނަސް ފެޓް އަދި ސޯޑިއަމް ގިނަ އަދަދަކަށް ހިމެނޭ އެއްޗެކެވެ. މިހުރިހާ އެއްޗަކުން ވެސް ޑިޕްރެޝަނަށް މަގުފަަހިވުމުގެ އިތުރުން ބަނޑުލުމަށް ވެސް މަގުފަހިވެ އެވެ.

ފިހާރަތަކުން ލިބެން ހުންނަ ފިޒީ ޑްރިންކެއް ބޯނަމަ، ހަށިގަނޑަށް 10 ޝުގާ ކިއުބްސްއާ އެއްވަރު އަދަދަކަށް ހަކުރުގެ އިތުރުކޮށްދެ އެވެ. މީގެ ސަބަބުން ހަށިގަނޑުގެ ގުލްކޯޒް ލެވެލް މަތިވުމުގެ ސަބަބުން ވަރުބަލިކަން އިހްސާސްވެ އެވެ. މިހެންވުމުން ފަހަރުގައި ޑައިޓް ފިޒީ ޑްރިންކްއަކީ ރަނގަޅު ބުއިމެކޭ ހިތައް އަރާފާނެ އެވެ. އާދައިގެ ފިޒީ ޑްރިންކްސް އެކޭ އެއްގޮތަށް ޑައިޓް ޑްރިންކްސް ތަކަކީވެސް އާޓިފިޝަލް ޝުގާ ހިމެނޭ އެއްޗަކަށް ވުމުން، މި ޝުގާ ގޮހޮރުގައި ހިމެނޭ ބެކްޓީރިޔާ އިތުރުކޮށްދެ އެވެ. މިހެން ވުމުގެ ސަބަބުން، ފަލަވުމާއި ހަކުރު މައްޗަށް ދިއުމުގެ ފުރުސަތު ބޮޑުވެ އެވެ.

މިފަދަ ކާއެއްޗެހި ކައިގެން މީހާ އިތުރަށް ސްޓްރެސް ވުމަށްވުރެ ސްޓްރެސް ކުޑަކޮށްދޭ ކާނާ އިހްތިޔާރުކުރާށެވެ. އެގޮތުން އެސްޕެރެގަސް، އެވަކާޑޯ، ކެޝޫނަޓް، ބެރީސް އަދި ގްރީން ޓީ ފަދަ މީހާ ތަޒާކޮށްދޭ ކާނާ އިހްތިޔާރުކުރާށެވެ. މިފަދަ ކާއެއްޗެހިތައް ފަހަރެއްގައި އެހާ ރަހަ މީރު ނުވެދާނެ އެވެ. އެހެންނަމަވެސް، މިފަދަ ކާއެއްޗެހީގެ ސަބަބުން މީހާގެ މޫޑް ބޫސްޓްކޮށް ގިނަ އިރުތަކެއް ވަންދެން ތާޒާކޮށްދެ އެވެ.

ސްޓްރެސްގެ ސަބަބުން ސިއްހީ ބޮޑެތި މައްސަލަތައް ޖެހުމުގެ ނުރައްކާ ބޮޑުވެ އެވެ. ލޭ މައްޗަށް ދިއުން، ހިތުގެ ބަލި، ސްޓްރޯކް އަދި ޑިޕްރެޝަން ފަދަ މައްސަލަތައް ދިމާވުމުގައި ސްޓްރެސްގެ ދައުރު ވަރަށް ބޮޑެވެ.