އުމުރާއަށް ގޮސްއުޅުނު ދިވެއްސަކު މިއަދު މަންކާގައި މަރުވެއްޖެ އެވެ.
އުމުރާއަށް ގޮސް ހުރި ދިވެއްސަކު މިއަދު އަވަސް އަށް ބުނި ގޮތުގައި މަރުވެފައި ވަނީ ސަފާ ހައްޖު ގްރޫޕުން އުމުރާއަށް ގޮސް އުޅުނު ނ. މާފަރަށް ނިސްބަތްވާ އުމަރު އަލިމަނިކު ކަމަށެވެ.
އޭނާ މަރުވީ، ރޭ މައްކާއިން ފުރަން ވެގެން ބަހަށް އަރަން އުޅެނިކޮށް ކަމަށް ވެސް އޭނާ ބުންޏެވެ. އޭނާ ބުނި ގޮތުގައި އަލިމަނިކު ހަމަ ވެއްޓުނީ ކުއްލިއަކަށެވެ. އަދި އޭގެ ކުރިން އޭނާ ބަލިވެ އުޅުނު ކަން އެނގިފައި ނެތް ކަމަށް ވެސް ބުންޏެވެ. އޭނާ މަރުވި ސީދާ ސަބަބެއް އަދި ނޭނގެ އެވެ.
ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ އޮތީ މަރުވެފައި ކަމަށް ވެސް އެނގިފައިވެ އެވެ.