ލައިފްސްޓައިލް

ސިނކުޑިއަށް ކަސްރަތު ދޭނީ ކިހިނެއް؟

އިންސާނާ ފުރިހަމަ ސިއްހަތެއްގައި ހުރުމަށް ހަށިގަނޑަށް ކަސްރަތު ބޭނުން ވެއެވެ. ހަމައެފަދައިން، އިންސާނާގެ ސިކުނޑި ވެސް ފުރިހަމަ ސިއްހަތެއްގައި ބޭއްވުމަށް އަދި ފުރިހަމައަށް މަސައްކަތް ކުރުވުމަށް ސިކުނޑިއަށް ކަސްރަތު ބޭނުންވެ އެވެ. ކަންކަން ހަނދާންނެތުމުން ރައްކާތެރި ވުމަށާއި، ވިސްނުން ތޫނުކޮށް ހުރުމަށްޓަކައި ސިކުނޑިއަށް ދެވޭ ކަސްރަތުތައް މުހިންމު ރޯލެއް އަދާކުރެ އެވެ.

"ނިއުރޯބިކް" އެކްސަސައިޒް ނުވަތަ ސިކުނޑީގެ ނާރުތަކަށް ދެވޭ ކަސްރަތަކީ ސިކުނޑިއަށް ވަރަށް މުހިންމު އެއްޗެކެވެ. އެގޮތުން، ސިކުނޑިއަށް އަބަދުވެސް އާ ކަންކަން ތަޖުރިބާ ކުރުމަށް ފުރުސަތު ދިނުމަށް އިސްކަމެއް ދޭން ޖެހެ އެވެ. އޭގެ ސަބަބުން ޖިސްމާނީ ހިއްސުތަކާއި، ނަފްސާނީ ހިއްސުތައް ގުޅިގެން ކުރާ މަސައްކަތް، ސިކުނޑިއަށް ބޭނުންވާ ކާނާ އުފެއްދުމަށް އެހީވެދީ، ކަންކަން ހަނދާންނެތުމުން ރައްކާތެރި ކޮށްދިނުމުގެ އިތުރުން، ހަށިގަނޑުގައި ހުންނަ ސެލްތައް ވަރުގަދަ ކޮށްދެ އެވެ.

މިކަމަށްޓަކައި، އާންމު ދިރިއުޅުމުގައި ކުރާ ބައެއް ކަންކަން އާންމުކޮށް ކުރާ ގޮތާ ތަފާތުކޮށް ކުރުން ފަދަ ކުދިކުދި ކަންކަން ވެސް ކޮށްލެވިދާނެ އެވެ. އޭގޮތުން، އެމީހެއްގެ ޑޮމިނެންޓް ނޫން އަތުން ދަތް އުނގުޅުމާއި، ގްރޫޕަކާއެކު އާޓު މަސައްކަތެއް ކޮށްލުމާއި، ގިނަ މީހުންނާ ބައްދަލު ކުރުން ފަދަ ކަންކަމަކީ ސިކުނޑިއަށް ވަރަށް ބޮޑެތި ކަސްރަތުގެ ފައިދާތަކެއް ކުރުވާ ކަންކަން ދިރާސާ ތަކުން ދައްކަ އެވެ.

އެހެންކަމުން، ސިކުނޑި ރަނގަޅު ސިއްހަތެއްގައި ބޭއްވުމަށް މިބުނި ކަންކަން ފަދަ ބައެއް ކަންކަން ކޮންމެ ދުވަހަކުވެސް ކޮށްލާށެވެ. ކޮންމެ ދުވަހަކުވެސް ކޮންމެވެސް އެއްކަމެއް ކޮށްލެވިދާނެ އެވެ.