ރާއްޖެ ކުޅިވަރު

މިދިޔަ އަހަރުގެ މޮޅު ކްރިކެޓް ކުޅުންތެރިއާގެ މަގާމު އަހުމަދު ހަސަން އަށް

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން ހޮވި މިދިޔަ އަހަރުގެ އެންމެ މޮޅު ކްރިކެޓް ކުޅުންތެރިއާގެ މަގާމުގައުމީ ޓީމުގެ ކުޅުންތެރިއާ އަހުމަދު ހަސަން އަށް ލިބިއްޖެ އެވެ.

މޮޅު ކުޅުންތެރިއާގެ މަގާމަށް ހޮވުނު އަހުމަދަށް ރޭ ގިޔާސުއްދީން ސްކޫލްގައި އޮތް "ކްރިކެޓް ހަވީރު"ގައި ވަނީ އިނާމު ހަވާލުކޮށްފަ އެވެ. މި މަގާމަށް އަހުމަދާ ވާދަކުރީ މުހައްމަދު ރިޝްވާނާއި މިހުސާން ހާމިދު އަދި އަހުމަދު އަފްޒަލް ފާއިޒެވެ. 

މިދިޔަ އަހަރުގެ އެންމެ މޮޅު އުކުންތެރިއާގެ މަގާމު ވެސް ހޯދީ އަހުމަދެވެ. އެންމެ މޮޅު ބެޓްސްމަންގެ މަގާމު ލިބުނީ ރިޝްވާނަށެވެ. އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވުނީ މުހްޔުއްދީން ސްކޫލްގެ ދަރިވަރެއް ކަމަށްވާ އާދަމް ނާސިފް އުމަރެވެ.