ފިނިޕޭޖް

ފޯރިގަދަ ރޭ ޖައިޝާއާއި ފަރަޝްއަށް ވަކިވާން ޖެހިއްޖެ

ސަގާފީ ބޮޑުބެރު ލަވަތަކާއެކު ވަރަށް ފޯރިގަދަ ޝޯއަކަށްފަހު މޯލްޑިވިއަން އައިޑޮލް ސީޒަން ދެއެއްގެ ގަދަ ހަޔަކުން ޖާގަ ނުލިބި އައިޝަތު ޖައިޝާ އާއި އަހްމަދު ފަރަޝް އަށް ޝޯއިން ވަކިވާން ޖެހިއްޖެ އެވެ.

ޖައިޝާ އަދި ފަރަޝް ޝޯއާ ވަކިވާން ޖެހުނީ ޖަޖުންގެ މާކުސް އާއި ބެލުންތެރިންގެ ވޯޓު އެއްކޮށްލުމުން އެންމެ މަދުން މާކްސް ލިބުމުންނެވެ. ދެ ބައިވެރިން ވަކިވުމުން ޝޯގެ ގަދަ ހަޔެއް ވަނީ ކަށަވަރުވެފަ އެވެ.

ގަދަ ހަޔެއް

  • ހަމޫދު އަހްމަދު
  • އިބްރާހީމް ވަހީދު (ބޮޑުބެ)
  • މުހައްމަދު ތަސްނީމް (ބޮބް)
  • ޝަމްވީލް މުހައްމަދު
  • އަހްމަދު ނަބީލް
  • އަބްދުﷲ ހިޝާން

މިރޭގެ ޝޯގައި ފޯރިގަދަ ހުށަހެޅުންތަކެއް ފެނިގެން ދިޔަ ގެސްޓް ޖަޖެއްގެ ގޮތުގައި ބޮޑުބެރުގެ ރަސްގެފާނު އިބްރާހިމް މަމްދޫހް (މަންޑޭ) ވަނީ ބައިވެރިވެފަ އެވެ.

ބޮޑުބެރުގެ ލަވަތަކާއެކު މިރޭގެ ޝޯ ނިމިގެންދިޔައިރު އަންނަ ހަފުތާ ވެގެން ދަނީ ވަރަށް ވަރުގަދަ ކުރިމަތިލުމަކަށެވެ. ގަދަ ފަހަކުން ޖާގަ ހޯދައި ޝޯގައި އިތުރަށް ކުރިއަށް ދިޔުމަށް މަގު ކޮށުމަށް އަންނަ ހަފުތާއަކީ ބައިވެރިންނަށް ވަރަށް މުހިންމު ހަފުތާއެކެވެ. މިހާރު ބައިވެރިޔަކަށް ދޫކުރާ ހަމަ އެއްވެސް ބައިވެރިޔަކު ޝޯގައި ނެތެވެ.