ބޮލީވުޑް

"މޮހައްބަތޭން" ގެ ތަރި ކިމް ޝަރްމާގެ ފިރިމީހާ އޭނާ ދޫކޮށްލީ

Apr 11, 2017

ދެހާސް ވަނަ އަހަރު ނިކުތް "މޮހައްބަތޭން" އިން ބޮލީވުޑަށް ނިކުތް ބަތަލާ ކިމް ޝަރްމާގެ ބޮލީވުޑްގެ ހަޔާތް ކުރި ނަމަވެސް އޭނާގެ އަކީ ދެހާހުގެ ކުރީކޮޅު ވިދާލި ތަރި އެކެވެ.

ދެހާސް ވަނަ އަހަރު ކެންޔާގެ ވިޔަފާރިވެރިއެެއް ކަމަށްވާ އަލީ ޕުންޖާނީއާ ކައިވެނިކޮށްގެން އެ ގައުމަށް ދިރިއުޅުން ބަދަލުކުރި ފަހުން އޭނާގެ ވާހަކަ އެއްގޮތަކަށް ވެސް ދެކެވިފައި ނުވި ނަމަވެސް އަލުން ކިމްގެ ވާހަކަ މިވަނީ ނޫސްތަކުގެ ފަލަ ސުރުހީތަކަށް އަރާފަ އެވެ.

އަލީ، ކިމް ވަރިކޮށްލުމުން އެނބުރި އިންޑިއާ އަށް މީގެ ދެތިން މަސްކުރިން އަނބުރާ އައިސްފައިވާއިރު، އަލީ ކިމް ވަރިކޮށްލީ އެހެން އަންހެނަކާ ދިމާވެ އޭނާ ދެކެ ލޯބިވުމުން ކަމަށްވެ އެވެ. އަލީގެ ކިމް ވަރިކޮށްލުމުން އަނބުރާ އޭނާ ގައުމަށް އައި އިރު އަތުގައި އެއްވެސް ފައިސާއެއް ނެތް ކަމަށްވެ އެވެ. ކިމްއާ ކައިވެނިކުރި އިރު ވަރަށް ފަލަކޮށް ހުރި އަލީ ވަނީ ބަރުދަން ލުއިކޮށް ހަށިގަނޑު ހިއްކާލާފަ އެވެ.

ޒަވާޖީ ހަޔާތުގައި މައްސަލަތައް ޖެހި ކައިވެނި ރޫޅުނިއިރު ކިމް އައީ އަލީގެ މައި ވިޔަފާރި ކަމަށްވާ ޕުންޖާނީ ޗެއިންސް އޮފް ހެޓްލްސްގެ ސީއީއޯގެ މަގާމު ވެސް އަދާކުރަމުންނެވެ. އެނބުރި އިންޑިއާ އަށް އައި އިރު ކިމް އައީ އެ ވާޒީފާ ވެސް ދޫކޮށްލާފަ އެވެ. ބޮލީވުޑްގެ ހަބަރުތައް ބުނާގޮތުން ކިމް އަތުގައި އެއްވެސް ވަރަކަށް ފައިސާ ނެތް އިރު، އޭނާ ވަނީ ލާރި ހޯދުމުގެ ގޮތުން މަސައްކަތްކުރަން ފަށާފަ އެވެ.

އެގޮތުން ކިމް ވަނީ މިހާރު ބްރޭންޑް ސްޓްރެޓެޖިސްޓެއްގެ ގޮތުގައި މަސައްކަތްކުރަން ފަށާފަ އެވެ. އަދި އޭނާ ވަނީ އަލުން އޭނާ "މޮހައްބަތޭން" ކުޅެން ވެގެން ނަން ބަދަލުކުރުމުގެ ކުރިން ކިޔަމުން އައި ނަން، ކިމީ ޝަރްމާ އަަށް ނަން ވެސް އަނބުރާ ބަދަލުކޮށްލާފަ އެވެ.

ކިމް އިންޑިއާގައި ދިރިއުޅެމުން ދަނީ އޭނާ އަލީއާ ކައިވެނިކޮށްގެން ކެންޔާ އަށް ދިރިއުޅުން ބަދަލުވުމުގެ ކުރިން ދިރިއުޅެމުން އައި އެޕާޓްމަންޓްގައި ކަމަށްވެ އެވެ.