ހަބަރު

ރޭގެ މާރާމާރީއާ ގުޅިގެން އެއްވެސް މީހަކު ހައްޔަރެއް ނުކުރަން: ޕޮލިސް

Mar 29, 2015

ރޭ މާރާމާރީ ހިންގާފައި ވަނީ ޗާންދަނީ މަގު ޔޫރޯ ސްޓޯރު ކައިރިންނާ އައިޖީއެމްއެޗް ކައިރީގަ އެވެ. ދެ މާރާމާރީގެ ތެރެއިން އައިޖީއެމްއެޗް ކައިރީ ހިންގި މާރާމާރީގައި ޒަހަމްވި ޒުވާނާ ވަނީ ފަރުވާ ދެމުންދަނިކޮށް ރޭ މަރުވެފަ އެވެ

ރޭ މާލޭގައި މާރާމާރީ ހިންގާފައިވާއިރު ފާއިތުވި އަށް ދުވަސް ތެރޭގައި މާރާމާރީތަކާ ގުޅިގެން ތިން މީހުން ވަނީ މަރުވެފަ އެވެ މިމަހުގެ 20 ވަނަ ދުވަހުގެ ރޭ ލ މުންޑޫގައި ޒުވާނެއްގެ މެޔަށް ވަޅި ހަރާ މަރާލާފަވާއިރު މިމަހުގެ 22 ވަނަ ދުވަހުގެ ރޭ ދަންވަރު މާލޭގެ ކެފޭއެއްގައި މަސައްކަތް ކުރާ ބިދޭސީއަކަށް ވެސް ތޫނު އެއްޗަކުން ހަމަލާދީ ވަނީ މަރާލާފަ އެވެ. މިމަހުގެ 23 ވަނަ ދުވަހު ޒަހަމްތަކަކާއިއެކު އއ. ތޮއްޑޫގައި ބިދޭސީއަކު މަރުވެފައި އޮއްވާ ވެސް ވަނީ ފެނިފައެވެ.