ކުޅިވަރު

ސެލްޓިކްގައި ރޮޖާސް ސްކޮޓްލެންޑު ހިނިތުން ކޮށްލައިފި

Apr 11, 2017

ތާވަލުގެ އެއް ވަނައިގައި 26 ޕޮއިންޓްގެ ލީޑަކާ އެކު، ސްކޮޓިޝް ޕްރިމިއާޝިޕްގެ ޗެމްޕިއަންކަން، ސެލްޓިކަށް ހޯދައިދިނުމުން، ސެލްޓިކްގެ ކޯޗް ބްރެންޑެން ރޮޖާސްއާ މެދު، ސްކޮޓްލޭންޑްގެ ފުޓްބޯޅަ ސަޕޯޓަރުންގެ ބޮޑު ހިތްހަމަ ޖެހުމެއް އެބައޮތް ކަމަށް ސެލްޓިކްގެ ކުރީގެ ފޯވަޑް އެންޑީ ވޯލްކާ ބުނެފި އެވެ.

ސެލްޓިކަށް މިހާރު ލީގް ޗެމްޕިއަން ކަށަވަރުވިއިރު، ޑޮމެސްޓިކް އެއްވެސް މެޗަކުން މިއަހަރު އެޓީމު ބަލިވެފަ އެއް ނުވެ އެވެ. ސެލްޓިކަށް ލީގް ހޯދައިދިނުމުން، މުސާރަ ބޮޑުކޮށް ސެލްޓިކުން ވަނީ ރޮޖާސް ލައްވައި އިތުރު ހަތަރު އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއި ކޮށްފަ އެވެ.

ވޯލްކާ ބުނީ، ސެލްޓިކާއެކު، ރޮޖާސް އާ ކޮންޓްރެކްޓެއްގައި ސޮއި ކުރުމަކީ، ސްކޮޓްލޭންޑްގެ ފުޓްބޯޅަ އަށްވެސް އޮތް ވަރަށް ބޮޑު ހިތްހަމަ ޖެހުމަކަށް ވާނެ ކަމަށެވެ.

"އަހަންނަށް ހީވަނީ އެއީ ހަމައެކަނި ސެލެޓިކަށް ލިބޭ ކުރި އެރުމެއް ނޫން ކަންނޭންގެ، ނަމަވެސް އެއީ އާންމުކޮށް މުޅި ސްކޮޓްލޭންޑް ފުޓްބޯޅަ އަަށް ލިބޭ ބޮޑު ކުރި އެރުމެއް، އޭނާގެ ގިނަ ވަގުތު ތަކެއް ފުޓްބޯޅަ އަށް ހޭދަ ކުރަން ހުރި ކޯޗެއް ލިބުމަކީ، ވަރަށް ބޮޑު ކުރިއެރުމެއް ކަންނޭނގެ،"

"ބޮޑު ކުލަބަކުން ރޮޖާސްއަށް ހުށަހެޅުމެއް އަތުވެއްޖެނަމަ ސެލްޓިކަށް ކޮންމެވެސް ވަރަކަށް ގެއްލުމުގެ އަގު ކުރިމަތިވާނެ، އަހަންނަށް ހީވަނީ ޗެމްޕިއަންސް ލީގްގައި ވެސް ފާހަގަ ކުރެވޭ ނަމަކަށް ވާން ރޮޖާސް އެބަޖެހޭ މަސައްކަތް ކުރަން،" ކުރިން ލިވަޕޫލަށް ވެސް ކޯޗު ކޮށްދިން ރޮޖާސްއާ ބެހޭގޮތުން ވޯލްކާ ބުންޏެވެ.

ވޯލްކާ ބުނީ، ޗެމްޕިއަންސް ލީގްގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް، ސެލްޓިކް އެއްވަރު ކުރުމަކީ، ރޮޖާސްގެ ސަބަބުން ސެލްޓިކްގެ ގިނަ ކުޅުންތެރިންނަށް ބޮޑު ކުރިއެރުމެއް އައިސްފައިވާ އެނގިގެންދޭ ސަބަބެއް ކަމަށެވެ.

އަދި ރޮޖާސް ބޭނުންވާ ގޮތަށް ސެލްޓިކްގެ ރެކޫރޫޓްމަންޓް ކުރިއަށް ގެންދިއުމަކީ ކުރިމަގަށް އޮތް ވަރަށް ރަނގަޅު ފާލެއް ކަމަށް ވޯލްކާ ބުންޏެވެ.