ކުޅިވަރު

ބާސާގެ ޑިފެންސް ބަލިކަށި، ޔުވެންޓަސް ހާހެއް ނުވޭ: އަލެގްރީ

Apr 11, 2017

ޑިފެންސްގައި ބާސާ ބަލި ކަށި ކަމަށާއި ޔުވެންޓަސްއަށް އެކަމުގެ ފައިދާ ނެގޭނެ ކަމަށް، ޔުވެންޓަސްގެ ކޯޗް މެސިމިލިއާނޯ އަލެގްރީ ބުނެފި އެވެ.

ޗެމްޕިއަންސް ލީގް ކްއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި އަމިއްލަ ދަނޑުގައި މިރޭ ބާސާއާ ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން ވާހަކަ ދައްކަމުން އެލެގްރީ ބުނީ، ބާސާއާ ދެކޮޅަށް ކުޅެން ޖެހުމުން ހާސް ނުވާ ކަމަށެވެ.

އޭނާ ބުނީ މިރޭގެ މެޗަކީ ބާސާއާ ދެކޮޅަށް އޭނާ ނިކުންނާނެ 10 ވަނަ މެޗު ކަމަށެވެ. ކުރިން އޭސީ މިލާންއަށް ކޯޗް ކޮށްދިން އަލެގްރީ ވަނީ މިލާން ގޮވައިގެންވެސް ބާސާއާ ދެކޮޅަށް އަށް ފަހަރު ނިކުމެފަ އެވެ. ޔުވެންޓަސް ގޮވައިގެން ޗެމްޕިއަންސް ލީގް ފައިނަލުގައި، ބާސާއާ ދެކޮޅަށް ވާދަ ކޮށްފަ އެވެ.

"ހޯމް އާއި އަވޭ ގޭމްސްގައިވެސް އަހަރެމެން މަސައްކަތް ކުރަން ޖެހޭނީ ބައިކޮޅަށް ގޯލެއް ނުވަދެ ވާނެ ގޮތަކަށް، އަދި ހޯމް މެޗުގައި ލަނޑުވެސް ޖަހަން ޖެހޭ، އޭރުން ދެ ވަނަ މެޗަށް ދާއިރު ފަސޭހަ ވާނެ، އެންމެ މުހިންމު ކަމަކީ ވަރުގަދައަށް ހިފެހެއްޓުން އެހެންނޫނީ ފުޓްބޯޅައިގައި ކޮންމެގޮތެއްވެސް ވެދާނެ،"

ދެހާސް ފަނަރަ ވަނަ އަހަރުގެ ފައިނަލުގެ އޮތް ޓީމަށް ބަލާއިރު ޔުވެންޓަސްއަށް ވަނީ ބަދަލު އައިސްފަ އެވެ. އަލެގްރީ ބުނީ މެޗުގައި ފެންނާނީ މީގެ ދެ އަހަރު ކުރިން ބާސާއާ ދެކޮޅަށް ކުޅުނު ދެ ކުޅުންތެރިން ކަމަށެވެ. އެއީ ކީޕަރު ޖިއާންލުއީޖީ ބުފޯން އާއި ލިއޯނާޑޯ ބަނޫޗީ އެވެ.

"ބާސާގެ ބަލިފައިތަކަށް ބަލާއިރު، ޑިފެންސިވް ގައި އެޓީމުގެ ބަލިކަށި، ސަބަބަކީ އެ ޓީމަކީ ވަރަށް ބޮޑަށް އެޓޭކިން ސްޓައިލަކަށް ކުޅޭ ޓީމެއް، އެހެންވެ ފަހަތުން ޖާގަ ލިބޭނެ،" އެލެގްރީ ބުންޏެވެ.؛

ސްޕޯޓްސް މީޑިއާ ސެޓަށް ދީފައިވާ އިންޓަވިއުއެއްގައި އަލެގްރީ ބުނެފައިވަނީ، ބާސާ އާއި ޔުވެންޓަސް މެޗު ވެގެންދާނީ ވަރަށް ރީތި މެޗަކަށް ކަމަށާއި، ޔުވެންޓަސް އޮތީ މެޗަށް ފުރިހަމައަށް ތައްޔާރަށް ކަމަށެވެ.