ބޮލީވުޑް

ތިން އަހަރު ފަހުން ރަންބީރު "ޖައްގާ ޖާސޫސް" ގެ ޝޫޓިން ނިންމާލައިފި

Apr 12, 2017

ދެހާސް ސާދަވަނަ އަހަރުން ފެށިގެން އުފައްދަމުން އަންނަ ފިލްމު "ޖައްގާ ޖާސޫސް" ގެ ޝޫޓިން ފިލްމުގެ ލީޑްއެކްޓަރުގެ ރޯލުން ފެނިގެންދާ ރަންބީރު ކަޕޫރު އެންމެފަހުން ނިންމާލައިފި އެވެ.

އިއްޔެ ފިލްމުގެ އެންމެފަހުގެ މަންޒަރުތައް ނަގައި ނިމިފައިވާއިރު، ރަންބީރުގެ ފޭން ކުލަބުން ވަނީ ފިލްމުގެ ސެޓުގެ އެންމެފަހު ދުވަހުގެ ފޮޓޯތައް ވެސް އާންމުކޮށްފަ އެވެ.

އަނޫރާގް ބާސޫ ޑައިރެކްޓްކޮށް، އޭނާ އާއި ރަންބީރު ޕްރޮޑިއުސްކުރި މި ފިލްމުގައި ބަތަލާގެ ރޯލުން ފެނިގެންދަނީ ރަންބީރު އެންމެފަހުން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކެޓްރީނާ ކައިފް އެވެ. މިދެތަރިންގެ ހަ އަހަރުވީ ލޯބީގެ ގުޅުން މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ނިންމާލުމުން ދެތަރިންގެ ދެމެދުގައި ޖެހުނު މައްސަލަތަކެއްގެ ސަަބަބުން ވަނީ ފިލްމުގެ ޝޫޓިން ނުނިމި ދިގުލައިގެން ގޮސްފަ އެވެ.

ކުރިން މިމަހުގެ 7 ވަނަ ދުވަހު މި ފލްހަމަޖައްސާފައި އޮތް ނަމަވެސް ރަންބީރާއި ކެޓްރީނާގެ ކޯޅުމުގެ ސަބަބުން ފިލްމުގެ ޝޫޓިން ނުނިމި، ރިލީޒްކުރުން ވަނީ ލަސްކޮށްފަ އެވެ. އަދި ފިލްމު ރިލީޒްކުރާނެ ތާރީހެއް އަދި ހަމަޖައްސާފައެއްނުވެ އެވެ.ކ

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި "ޖައްގާ ޖާސޫސް" ގެ ޓްރެއިލާ ވެސް ވަނީ އާންމުކޮށްފައިވާއިރު، ފިލްމު ރިލީޒްކުރުން އިތުރަށް ލަސްކޮށްފިނަމަ ވަރަށް ބޮޑު ގެއްްލުމަކާ ކުރިމަތިވާނެ ކަމަށް ރަންބީރު ވަނީ ބުނެފަ އެވެ.

"ޖައްގާ ޖާސޫސް" އަކީ ޒުވާން ޑިޓެޓްޓިވްއަކު އޭނާގެ ބައްޕަ ގެއްލިގެން ހޯދުމަށް ކުރަމުންދާ މަސައްކަތް ފެނިގެންދާ ފިލްމެކެވެ.