ހަބަރު

ފުލުހުންނަށް ހާއްސަ ކްލިނިކެއް ހުޅުވައިފި

Mar 29, 2015

ފުލުހުންގެ އަހަރީ ދުވަހާ ދިމާކޮށް، އިސްކަންދަރު ކޮށީގައި ފުލުހުންނަށް ހާއްސަ ކްލިނިކެއް ހުޅުވައިފި އެވެ.

ފުލުހުން ބުނީ އެ ކްލިނިކް ހުޅުވުމުގެ މަގުސަދަކީ، ފުލުހުންނަށް ފޯރުކޮށްދޭ ވެލްފެއާގެ ހިދުމަތްތައް މިހާރަށް ވުރެ ރަނގަޅު ކުރުމެވެ. އެގޮތުން މިހާރު ވެސް އިސްކަންދަރު ކޮށީގައި ފުލުހުންނަށް ހާއްސަ ފިހާރަ އާއި އޭޓީއެމް ވަނީ ގާއިމްކޮށްފަ އެވެ. އަދި ފުލުހުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ފްލެޓްތަކެއް ވެސް އަންނަނީ އިމާރތް ކުރަމުންނެވެ.

ފުލުހުންގެ ހާއްސަ ކްލިނިކެއް ހުޅުވީ އިރު، ސިފައިންނަށް ހާއްސަކޮށް މިލިޓަރީ ހޮސްޕިޓަލް، "ސެނަހިޔާ"އިން އަންނަނީ ހިދުމަތްދެމުންނެވެ. އެ ހޮސްޕިޓަލުން ސަރުކާރު މުވައްޒަފުންނަށް ހެޔޮ އަގުގައި ބޭސްކުރެވެ އެވެ.