އަލިފާން

ހުޅުމާލޭ ފިހާރައެއްގައި ރޯވެ ގެއްލުންތައް ވެއްޖެ

ހުޅުމާލެ، ފިހާރައެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ. މިއަދު ހިނގި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެއެވެ.

އަލިފާން ރޯވެފައި ވަނީ ހުޅުމާލެ "ޑެއިލީ މާޓް" ފިހާރައިގަ އެވެ. އެމްއެންޑީއެފުން ބުނީ އެ ފިހާރައިގައި އަލިވާން ރޯވި ކަމުގެ މައުލޫމާތު ލިބުނީ މެންދުރު 12:15 އެހާކަންހާއިރު ކަމަށާއި ފިހާރައިގައި ރޯވި އަލިފާނުގައި ލިބުނު ގެއްލުމުގެ ތަފުސީލުތައް އަދި ބުނަން ނޭނގޭ ކަމަށެވެ. އަދި ބުނީ ފިހާރައަށް ލިބިފައި ވަނީ ކިހާވަރެއްގެ ގެއްލުމެއްކަން އެނގޭނީ އަލިފާންގަނޑު އެއްކޮށް ނިވާލެވި ސާފު ކުރެވުމުން ކަމަށެވެ.

ފިހާރާގައި ރޯވި އަލިފާންގަނޑު މިހާރު ކޮންޓްރޯލްކޮށްފައިވާއިރު އެ ފިހާރައިގެ އިތުރުން އެހެން ތަނަކަށް އަލިފާނުގެ އަސަރުކޮށްފައެއް ނުވެ އެވެ. ނަމަވެސް ޖެހިގެން ހުރީ ކެފޭ ވަނީ ހުސްކޮށްފަ އެވެ.