ހަބަރު

ހުޅުމާލެ ޔޫތް ޕާކްގެ ފުޓްސަލް ދަނޑު ހުޅުވައިފި

Apr 17, 2017
1

ހުޅުމާލޭގައި ތަރައްގީކުރާ ޔޫތް ޕާކްގައި ހިމެނޭ ފުޓްސަލް ޓާފް ދަނޑު މިއަދު ހުޅުވައިފި އެވެ. އެ ދަނޑު ހުޅުވައިދެއްވީ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމެވެ.

ޔޫތް ޕާކްގެ ފުޓްސަލް ދަނޑު މިއަދު ހުޅުވިއިރު އެ ސަރަހައްދުގައި ވޮލީ ކޯޓެއް ވެސް ވަނީ އަޅާފަ އެވެ. ޔޫތް ޕާކަކީ ޔޫތް ސިޓީ ތަރައްގީ ކުރުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތަރައްގީކުރާ ޕާކެކެވެ.

މި ޕާކްގެ ބޮޑުބައެއްގެ ގޮތުގައި ސްކޭޓްކުރުމަށް ހާއްސަ އޭރިއާއެއް ކަނޑައަޅަން ވެސް ހައުސިން ޑިވެލޮޕްމަންޓް ކޯޕޮރޭޝަން (އެޗްޑީސީ)އިން ނިންމާފައިވެ އެވެ. އެއީ އިންޓަރނޭޝަނަލް އެތްލީޓުންނަށް ބޭނުންކުރެވޭ ފެންވަރުގެ ތަނެއްގެ ގޮތުގައި ތަރައްގީ ކުރާ ތަނެކެވެ.

ހުޅުމާލެ ތަރައްގީ ކުރުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އެކުއަޓިކް ސެންޓާ، ޔޫތް ޕާކް، ވޯޓާ ޕާކް، މިއުޒިކް އެންޑް އާޓް އިންސްޓިޓިއުޓް، ފުޓްބޯޅަ ސްޓޭޑިއަމް އަދި ސްޕޯޓްސް އެރީނާއެއް ތަރައްގީ ކުރުމަށް ނިންމާފައިވެ އެވެ.