ފުލުހުންގެ ބަންދުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ކްރިމިނަލް ކޯޓުން މިއަދު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
މީގެ ދުވަސްކޮޅެއް ކުރިން މަހްލޫފް ހައްޔަރުކޮށްފައިވަނީ ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގައި އެމްއެމްއޭ ސަރަހައްދުންނެވެ. އޭރު އޭނާ ފަސް ދުވަހަށް ފުލުހުންގެ ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކުރި އެވެ. އޭރު ކުރި އަމުރުގެ މުއްދަތު ހަމަވާތީ ކޯޓަށް މިއަދު ކޯޓުން އެންގީ ގޭ ބަންދުގައި ބެހެއްޓުމަށެވެ.
މަލްހޫފް ގޭ ބަންދުގައި ބަހައްޓަން ކޯޓުން މިއަދު އަމުރުކުރީ ވަކި މުއްދަތެއް ވަންދެން މުޒާހަރާ ނުދާން ކޯޓުން އޭނާއަށް ކުރި ޝަރުތު އޭނާ ގަބޫލު ނުކުރުމުންނެވެ.
މަޖިލީހުގެ މެމްބަރުން ފުލުހުންގެ ބަންދާއި ގޭ ބަންދުގައި ތިބޭއިރު ވެސް މަޖިލީހުގެ ޖަލްސާތަކަށާއި ކޮމެޓީތަކަށް ހާޒިރުކޮށްދޭން ފުލުހުންނަށް ޖެހެއެވެ.