ހަބަރު

ގްރޫޕް މާރާމާރީ އަކާ ގުޅިގެން ހަތަރު މީހަކު ހައްޔަރު ކޮށްފި

ރޭގެ ވަގުތެއްގައި މާލޭގައި ހިނގި މާރާމާރީއަކާއި ގުޅިގެން 4 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަރަކު ވިދާޅުވީ ރޭގެ މާރާމާރީއާ ގުޅިގެން 18 އަހަރުން މަތީގެ ތިން މީހުންނާއި، 18 ދަށުގެ ކުޑަ ކުއްޖަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. ހައްޔަރު ކޮށްފައިވާ މީހުންގެ އިތުރު މައުލޫމާތެއް ފުލުހުން ނުދެ އެވެ.

ރޭ ހިނގި މާރާމާރީ ގައި ތޫނު އެއްޗަކުން ހަމަލާ ދީފައި ވީ ނަމަވެސް، އެއްވެސް މީހަކަށް ސީރިއަސް އަނިޔާ ލިބިފައެއް ނުވެ އެވެ. އަދި މާރާމާރީގައި ޒަހަމްވުމުގެ ސަބަބުން އޭޑީކޭގައި ފަރުވާ ހޯދުމަށް ގެންދިޔަ މީހާ ފަރުވާ ދިނުމަށް ފަހު ހަމަ ރޭގެ ވަގުތެއްގައި ދޫކޮށްލާފައި ވާކަމަށް އޭޑީކޭ އިން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނީ މި މައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުން ކަމަށެވެ. މާރާމާރި އަކާއި ގުޅިގެން މިދިޔަ މަހުގެ ތެރޭގައި ވެސް ދެ މީހަކު ހޯދުމަށް ފުލުހުން ވަނީ އިއުލާން ކޮށްފަ އެވެ.