ހަބަރު

މާފުށީ ކައުންސިލްގެ ރައީސް އިސްތިއުފާ ދެއްވައިފި

މާފުށީ ކައުންސިލްގެ ރައީސް މުހައްމަދު މުސްތަފާ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

މުސްތަފާ ވަނީ މިއަދު އިސްތިއުފާ ދެއްވި ކަމަށް ވިދާޅުވެ އެރަށު ކައުންސިލް އިދާރާއަށް ސިޓީ އެއްް ފޮނުވާފަ އެވެ. އޭނާ ވިދާޅުވީ، ކައުންސިލްގެ ރައީސްގެ ހައިސިއްޔަތުން އަދާކުރައްވަން ޖެހި ވަޑައިގަންނަވާ މަސްއޫލިއްޔަތު އަދާކުރެވޭ ފަދަ މައުހައުލެއް ނެތް ކަމަށެވެ. އެހެން ކަމުން އޭނާ އެ މަގާމުގައި އޭނާ ހުންނަވަން ބޭނުންފުޅު ނުވާ ކަމަށާއި، އަންނަ އާދިއްތަ ދުވަހުން ފެށިގެން އޭނާ ކައުސިލް ރައީސް ކަމުގެ މަގާމުންނާއި، މެންބަރު ކަމުން އިސްތިއުފާ ދެއްވާ ކަމަށެވެ.

މިގެ އިތުރުން އޭނާ މި މަގާމުގައި ހޭދަ ކުރި މުއްދަތުގައި އެކި ފަހަރު މަތިން ހަތް މަސް ދުވަހަށް ސަސްޕެންޑް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މުސްތަފާ ސަސްޕެންޑް ކުރީ، ކ. މާފުށީގެ ވިޔަފރިވެރިންނަށް އެއްބާރުލުން ނުދިނުމުގެ މައްސަލަތަކަކާއި ގުޅިގެންނެވެ. މާފުއްޓަކީ ގިނަ އަދަދެއްގެ ގެސްޓް ހައުސްއާއެކު ބޮޑެތި އަދި ގިނަ ވިޔަފާރިތަކެއް ހިނގާ ރަށެކެވެ. މިފަދަ މައްސަލަތަކުގައި އޭނާ ސަސްޕެންޑު ކޮށްފައި ވާއިރު އޭނާއަކީ ވެސް އަމިއްލަ ގެސްޓް ހައުސް އެއް ހިންގާ ވިޔަފާރިވެރިއެކެވެ.