ވިޔަފާރި

ދިރާގުގެ އަހަރީ އާއްމު ޖަލްސާ މިރޭ

Apr 20, 2017
2

ރާއްޖޭގެ އެންމެ ބޮޑު ޓެލެކޮމް ކުންފުނި ކަމަށްވާ، ދިރާގުގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ މިރޭ އޮންނާނެ އެވެ. މިދިޔަ އަހަރަކީ ދިރާގުގެ ހިއްސާދާރުންނަށް އަނެއްކާ ވެސް ފައިދާ ބޮޑު އަހަރެކެވެ.

ދިރާގުން ބުނީ އެ ކުންފުނީގެ 28 ވަނަ އަހަރީ އާއްމު ޖަލްސާ 20 ވަނަ ދުވަހުގެރޭ ނޭޝަނަލް އާޓްގެލަރީގައި އޮންނާނެ ކަމަށެވެ. އަހަރީ އާއްމު ޖަލްސާގައި މިދިޔަ އަހަރުގެ އަހަރީ ހިސާބުތައް ފާސް ކުރުމާއި ހިއްސާގެ ގޮތުގައި ބަހަން ބޯޑުން ކަނޑައެޅި އަދަދު ފާސް ކުރަން ހުށަހެޅުން ވެސް އޮންނާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ

މިދިޔަ އަހަރީ އެ ކުންފުނިންޏަށް މާލީ ގޮތުން ފައިދާ ބޮޑު އަހަރެކެވެ. އެގޮތުން މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާދާރުންނަށް ޑިވިޑެންޑްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ބަހަން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވެ އެވެ. ދިރާގުގެ މިދިޔަ އަހަރު ސާފު ފައިދާ 16 ޕަސެންޓް އިތުރުވެ، ފައިދާއަށް 840 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

ދިރާގުން ވަނީ މިދިޔަ އަހަރުގެ މެދު ތެރޭގައި ލިބުނު ފައިދާއިން އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 5.92 ރުފިޔާ ވަނީ ބަހައިފަ އެވެ. އަދި އަހަރުގެ ފައިނަލް ޑިވިޑެންޑްގެ ގޮތުގައި 8.45 ރުފިޔާ ހިއްސާދާރުންނަށް ބަހަން ނިންމި އިރު މުޅި އަހަރު ދުވަހުގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 14.37 ރުފިޔާ ޑިވިޑެންޑްގެ ގޮތުގައި ލިބޭނެ އެވެ. މިގޮތުން މިދިޔަ އަހަރުގެ ތެރޭގައި ލިބުނު ފައިދާ އިން، ޖުމްލަ 3.9 ބިލިއަން ރުފިޔާ ހިއްސާދާރުންނަށް ބެހިގެން ދާނެ އެވެ.