ވިޔަފާރި

ދިރާގު ހިއްސާއަކަށް 14.37ރ. ބަހަނީ

Apr 20, 2017
2

ދިރާގުން މިދިޔަ އަހަރު ފައިދާ އިން ހިއްސާއަކަށް 14.37 ބަހަން މިރޭ އޮންނަ އަހަރީ އާއްމު ޖަލްސާ އަށް ހުށަހަޅަން ބޯޑުން ނިންމައިފި އެވެ.

ދިރާގު ބޯޑުގެ ބައްދަލުވުމުގައި 14.37ރ. ބަހަން ވަނީ ނިންމާފަ އެވެ. ނަމަވެސް މިދިޔަ އަހަރު ހިއްސާ އަކަށް ޖެހިފައިވަނީ 9.53ރ. އެވެ. މި އަދަދަކީ މިދިޔަ އަހަރާ އަޅާބަލާއިރު 30 ޕަސެންޓުގެ އިތުރުވުމެކެވެ.

މިދިޔަ އަހަރީ އެ ކުންފުނިންޏަށް މާލީ ގޮތުން ފައިދާ ބޮޑު އަހަރެކެވެ. އެގޮތުން މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާދާރުންނަށް ޑިވިޑެންޑްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ބަހަން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވެ އެވެ. ދިރާގުގެ މިދިޔަ އަހަރު ސާފު ފައިދާ 16 ޕަސެންޓް އިތުރުވެ، ފައިދާއަށް 840 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

ދިރާގުގެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ޒަމާނީ ފެންވަރުގައި ހިދުމަތް ފޯރު ކޮށްދިނުމަށް އެ ކުންފުނިން މިހާތަނަށް 1.6 ބިލިއަން ރުފިޔާ އިންވެސްޓްކޮށްފައިވެ އެވެ.