ވިޔަފާރި

ސެމްސަންގް ފަހުގެ ފޯނު ދުރާލާ ދިރާގުން އޯޑަރަށް ހުޅުވާލައިިފި

Apr 21, 2017
3

ސެންމަންގްގެ އެންމެ ފަހުގެ ފޯނު، ސެމްސަންގް ގެލެކްސީ S8 އަދި ގެލެކްސީ +8S ދިރާގު ވެބްސައިޓް މެދުވެރިކޮށް ދުރާލާ ޕްރީ އޯޑަރަށް ހުޅުވާލައި ރަޖިސްޓްރީ ކުރަން ފުރުސަތު ދީފި އެވެ.

ދިރާގުން ބުނީ ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަ ފޯރުކޮށްދިނުމުގެ ގޮތުން، އިންސްޓޯލްމެންޓަށް ފައިސާ ދައްކާ ގޮތަށް ފޯނު ގަތުމުގެ ފުރުސަތު ދިރާގުގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހުޅުވާލާފައިވާ ކަމަށެވެ. ދިރާގު މެދުވެރިކޮށް ފޯނު ގަންނަ ފަރާތްތަކަށް ހަމަސް ދުވަހު ހިލޭ ޑޭޓާ ލިބޭނެ އެވެ. ނަމަވެސް، އެ ކުންފުނިން ފޯނު ވިއްކާގެ އަގެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

ސެމްސަންގް ގެލެކްސީ S8 ދެ ކުލައެއް ލިބެން ހުންނާނެ އެވެ. އެއީ މިޑްނައިޓް ބްލެކް އަދި މޭޕަލްގޯލްޑެވެ. ސެމްސަންގް ގެލެކްސީ +8S ލިބެން ހުންނަ ކުލަތަކަކީ މިޑަނައިޓް ބްލެކް، މޭޕްލް ގޯލްޑް އަދި ކޮރަލް ބްލޫ އިންނެވެ.

ސެމްސަންގް ގެލެކްސީ S8އަދި +8S ގަންނަން ޝައުގުވެރިވާ ފަރާތްތަކުން މިއަދުން ފެށިގެން ދިރާގު ވެބްސައިޓް www.dhiraagu.com.mv މެދުވެރިކޮށް ޕްރީބުކް ކުރުމުގެ އިންތިޒާމް ވަނީ ހަމަޖެހިފަ އެވެ.