ދިވެހި ސިނަމާ

ފައްތާހުގެ ހައްދު: ސިނަމާގެ ރިކޯޑްތަކެއް މުގުރާލާނެ!

"ހައްދު" ގެ ލޯންޗިން ހަފުލާގައި ބަތަލާ މަރިޔަމް އައްޒަ ފިލްމުގެ ޕޯސްޓަރު ކައިރީގައި ފޮޓޯއަކަށް ހުއްޓިލައިގެން. --އަވަސް ފޮޓޯ: އަހުމަދު ޝުރާއު
0%
0%
0%

ވަކި ހައްދެއް ނުވަތަ ލިމިޓެއްގެ ތެރޭގައި އުޅެން ޖެހުމުން ވާނީ ކިހިނެއް ހެއްޔެވެ؟ އެކަމުން ދިރިއުޅުމަށް ކުރާނީ ކޮން ކަހަލަ އަސަރުތަކެއް ހެއްޔެވެ؟ ދިރިއުޅުމަށް އެއިން ހެޔޮ ބަދަލުތަކެއް އައިސްފާނެ ހެއްޔެވެ؟ މި ހުރިހާ ކަމެއް ދައްކުވައިދޭ ފިލްމަކަށް ފިލްމު ޕްރޮޑިއުސަރު / ޑައިރެކްޓަރު އަބްދުލް ފައްތާހު ދަނީ ތައްޔާރު ވަމުންނެވެ.

"ހައްދު" ގެ ނަމުގައި ހަދާ މި ފިލްމުގެ ޝޫޓިން ފަށައިގެން މިހާތަނަށް ބޮޑު ބައެއް ވަނީ ނިންމާލާފަ އެވެ. ހއ. އުތީމާއި އެ އަތޮޅު ކެލާ، ރ. އަނގޮޅިތީމް އަދި ރ. ވާދޫގައި މިހާރު މަންޒަރުތައް ނަގާ ނިންމާލައިފި އެވެ. ބާކީ އޮތީ މާލޭގައި ނަގަން ހަމަޖެހޭ މަންޒަރުތަކެވެ. މި ފިލްމާ ބެހޭ އިތުރު އަޕްޑޭޓެއް މިވަގުތު ދެވެން ނެތް ކަމަށް ފައްތާހު ބުންޏެވެ. އެކަމަކު މި ފިލްމަކީ ރެކޯޑްތައް މުގުރާލާނެ ފިލްމެއް ކަމަށްވެސް އޭނާ ބުނެ އެވެ.

މަރިޔަމް އައްޒަ އާއެކު ލީޑް ރޯލުން މުޅިން އާ ތަރިއެެއް ކަމަށްވާ ޝިބާން އަހްމަދު ފެނިގެންދާ މި ފިލްމުގައި ތަރިންގެ އެކްޓިން އިން ބެލުންތެރިން މާޔޫސް ނުކޮށްލާނެ ކަމުގެ ޔަގީންކަން ވެސް ފައްތާހު ދެއެވެ. މި ދެ ތަރިންނާއެކު އައިމިނަތު ރިޝްފާ ވެސް މުހިންމު ރޯލަކުން ފެނިގެންދާނެ އެވެ. ސަޕޯޓިން ތަރިންގެ ގޮތުގައި މުހައްމަދު ރަޝީދު (ދަރާ)، މަރިޔަމް ޝަކީލާ، ފައުޒިއްޔާ ހަސަން އަދި އަލީ އާޒިމް (ދޮން އައްޔަ) ފެނިގެންދާނެ އެވެ. މީގެ އިތުރުން މުޅިން އާ އިތުރު ތަރިއެއް ވެސް ފެނިގެންދާނެ ކަމަށްވެ އެވެ. ނަމަވެސް އެީ ސަޕްރައިޒެކެވެ.

ހައްދުގެ މަންޒަރުތަކެއް ނަގަނީ. --

ހައްދުގެ ލަވަތައް ނަގާނީ ރާއްޖޭގެ އެކިއެކި ހިތްގައިމު ހިސާބުތަކުގަ އެވެ. "ހައްދު" ގައި ތީމް ލަވަޔާއެކު ފަސް ލަވަ ހިމެނެ އެވެ. ފައްތާހުގެ ފިލްމުތަކާއި ޑްރާމާތަކުން މީގެ ކުރިން ވެސް އޭނާގެ އުފަން ރަށް ކެލާގެ ހިތްގައިމު މަންޒަރުތައް ފެނިގެން ގޮސްފައިވެ އެވެ.

މި ފިލްމުގެ ލިރިކްސް ހަދާފައިވަނީ މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ) އެވެ. ޕްރޮމޯޝަނަލް ލަވަ ފިޔަވައި ހުރިހާ ލަވައެއް ވެސް ކިޔާފައިވަނީ ތޭރަވާ އަދި އަންހެނުން މަރިޔަމް އަޝްފާ އެވެ. ޕްރޮމޯޝަނަލް ލަވަ ކިޔާފައިވަނީ އަހްމަދު ޔާފިއު އެވެ. ފިލްމަށް ފަސް ލައްކައެއްހާ ރުފިޔާ ހަރަދުވާނެ ކަމަށް ފައްތާހު ލަފާކުރެ އެވެ.

މި ފިލްމު ބެލުންތެރިންނާ ހަމައަށް އަންނާނީ ސެޕްޓެމްބަރު މަހުގެ ހަވަނަ ދުވަހު އެވެ. ފައްތާހުގެ ފިލްމެއް އެންމެ ފަހުން ބެލުންތެރިންނާ ހަމައަށް އައިސްފައިވަނީ 2014 ވަނަ އަހަރު އެވެ. އަދި މިއީ އޭނާގެ 12 ވަަނަ ފީޗާ ފިލްމުވެސްމެ އެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

އައްޔަ

ޝީލާ ނުފެންނަންޔާ އެއްވެސް ފޯރިއެއް ނުހުންނާނެ. ސަބަބަކީ މިހާރު އެކްޓްކުރެވޭ މީހަކަށް ހުރީ ހަަމައެކަނި ޝީލާ ކަމަށްވާތީ.

އަނގަބޮޑޫ އަލީ

މަށަށް އިނގޭ އޭރުވެސް. ފައްތާޙުގެ ފިލްމުތައް ސަޅިވާނެ. ފައްތާހު ހަމަ އެއް ވަނަ

އަލީ

ދެން ދެގަ ހުރިހާ އެވޯޑެއް. އަހަރުންނަށް ކީއް؟

ބާރު

ކޮން ރިކޯޑެއް މުގުރޭނީ އެއްވެސް ރިކޯޑެއް ހަދާފައި އޮތްނަމައެއްނު ރިކޯޑެއް މުގުރަން އޮންނާނީވެސް ފިލްމީ ދާއިރާގައި މާ ކަމާދާ ކަންކަމެއް ނުހިނގާ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345