ހަބަރު

ޤުރްއާނުގެ ފަންނު ކުރިއަރުވަން ސޫދާނާއެކު މަޝްވަރާކޮށްފި

ރާއްޖޭގައި ކީރިތި ޤުރްއާނުގެ ފަންނު ކުރިއަރުވަން ކީރިތި ގުރްއާނާބެހޭ މަރުކަޒުގެ ރައީސް އިބްރާހިމް ރަޝީދު މޫސާ ސޫދާނުގެ ޔުނިވާސިޓިތަކާއެކު އެ ގައުމުގައި މަޝްވަރާތައް ކުރައްވައިފި އެވެ.

މަރުކަޒުގެ ރައީސް ސޫދާނަށް ވަޑައިގެންނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. ހަ ދުވަހުގެ ދަތުރުފުޅުގައި މިދިޔަ އާދީއްތަ ދުވަހު ބްރާހިމް ރަޝީދު މޫސާ ސުދާނުގެ ދެ ޔުނިވާސިޓީއެއްގެ އިސްވެރިންނާ ބައްދަލުކުރައްވާ މަޝްވަރާތައް ކުރެއްވި އެވެ.

އެގޮތުން، ޔުނިވާސިޓީ އޮފް ހޯލީ ޤުރުއާން އެންޑް އިސްލާމިކް ސައިންސްގެ އިސްވެރިންނާ ބައްދަލު ކުރެއްވި އިރު އެ ބައްދަލުވުމުގައި އެ ޔުނިވާސިޓީގެ ޗާންސެލާ ޕްރޮފެސާ މުއާވިއަތު އަހުމަދު ސައްޔިދާއި ފެކަލްޓީތަކުގެ މަސްއޫލުވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ. އަދި އެ ޔުނިވާސިޓީ އާއި ޤުރުއާނާބެހޭ މަރުކަޒުގެ ގުޅުން ބަދަހި ކުރުމަށާއި މުދައްރިސުން ތަމްރީނު ކުރުމަށާއި ދެ ފަރާތް ގުޅިގެން ޤުރުއާނާބެހޭ ދިރާސާތައް ކުރަން މަޝްވަރާކުރި އެވެ.