އިންޑަސްޓްރިއަލް ވިލެޖް

މާލޭގެ ސިނާއީ ސަރަހައްދުން 928 ޓަނުގެ ކުނި ނަގައިފި

ކުރިން ގޮނޑުކޮށްފައި އޮތް މާލޭގެ ސިނާއީ ސަރަހައްދު ސާފުކޮށް ރީތިކޮށްފައި -- ފޮޓޯ: އަވަސް
0%
100%
0%

މާލޭގެ ސިނާއީ ސަރަހައްދު ސާފު ކުރަން ފެށި ފަހުން ފާއިތުވި ތިން ދުވަސް ތެރޭގައި 928 ޓަނުގެ ކުނި އެ ސަރަހައްދުން ނަގާފައިވާ ކަމަށް ވެމްކޯ އިން ބުނެފި އެވެ.

މާލޭގެ ސިނާއީ ސަރަހައްދު ސާފުކުރަނީ ވެމްކޯ އާއި މާލެ ސިޓީ ކައުންސިލާ ކަމާ ގުޅޭ އިދާރާތައް ގުޅިގެންނެވެ.

އާންމުންނަށް އެއްގޮތަކަށްވެސް ނުވަދެވޭނެހެން ހަދައި އެ ސަރަހައްދު ބަންދުކޮށްގެން ސާފު ކުރަމުންދާއިރު ވެމްކޯ އިން އިއްޔެ ވަނީ އެ ސަރަހައްދު މިހާރު އޮތް ގޮތުގެ ޑްރޯން ވީޑިއޯއެއް އާންމުކޮށްފަ އެވެ.

ކުރިން ގޮނޑުކޮށްފައި އޮތް މާލޭގެ ސިނާއީ ސަރަހައްދު ސާފުކޮށް ރީތިކޮށްފައި -- ފޮޓޯ: އަވަސް

ކުރިން އެ ސަރަހައްދަށް ވަރަށް ގިނައިން ކުނި އަޅައި އަދި ދުވަސްވީ ވެހިކަލްތައް އެ ސަރަހައްދުގައި ބާއްވާފައި އޮތުމުން މުޅި ސަރަހައްދު އޭރު ގޮނޑުވެފައި އޮތް ނަމަވެސް މިހާރު އެ ސަރަހައްދު ފެންނަނީ ވަރަށް ބޮޑަށް ސާފުކޮށްފައި އޮއްވަ އެވެ.

މާލެ ސިޓީ ކައުންސިލާއި ވެމްކޯ އިން ބުނީ މީގެފަހުން އެ ސަރަހައްދު ބެލެހެއްޓުން އިތުރަށް ވަރުގަދަކޮށް އެ ސަރަހައްދަށް ކުނި އަޅާ މީހުން ހޯދައި ކަމާ ގުޅޭ ފަރާތްތަކާ ގުޅިގެން ފިޔަވަޅު އަޅާނެ ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345