ހަބަރު

އެމްޓީސީސީން ބްލަޑް ކޭމްޕް ފަށައިފި

އެމްޓީސީސީ އާއި މޯލްޑިވްސް ބްލަޑް ޑޯނާސް އާއި މޯލްޑިވްސް ބްލަޑް ސާވިސް ގުޅިގެން ލޭ ހަދިޔާ ކުރަން ކޭމްޕެއް ފަށައިފި އެވެ.

އެމްޓީސީސީ ކްލަބް ހައުސްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި ކޭމްޕް ރަސްމީކޮށް ހުޅުއްވާ ދެއްވީ އެމްޓީސީސީގެ ބޯޑް މެމްބާ އަހުމަދު އަބްދުﷲ އެވެ.

މޯލްޑިވްސް ބްލަޑް ސާވިސްގެ ޑިރެކްޓާ ޖެނެރަލް ޑރ. އަސްމާ އިބްރާހިމް ވިދާޅުވީ، ލޭ ހަދިޔާ ކުރުމަކީ ކޮންމެ މީހަކު ވެސް ކުރުން މުހިންމު ކަމެއް ކަމަށާއި ލޭ ބޭނުންވާ މީހުންގެ އަދަދާއި ލޭ ހަދިޔާ ކުރާ މިންވަރު ވެސް އިތުރު ކުރަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ، ކޮންމެ މީހަކީ ވެސް ލޭ ހަދިޔާ ކުރާ މީހަކަށް ވުން މުހިންމު ކަމަށާއި ހަދިޔާ ކުރާ އެންމެ ލޭ ތިއްކަކުން ވެސް މީހެއްގެ ފުރާނަ ސަލާމަތް ކުރެވިދާނެ ކަމަށެވެ. އަދި ލެއަކީ މާގިނަ ދުވަހު ރައްކާ ކޮށްފައި ބެހެއްޓޭ އެއްޗެއް ނޫންކަމަށާއި، އެހެންކަމުން ލޭ ހަދިޔާ ކުރާ މިންވަރު އިތުރު ކުރަން ޖެހޭ ކަމަށެވެ.

"ކޮންމެ ބޭފުޅަކު ވެސް އެބަޖެހޭ އެބަފުޅަކަށް ވީ ވަރަކުން ލޭ ހަދިޔާ ކުރަން ކޮންމެ ތިން މަހުން އެއް މަހު ލޭ ހަޔާ ކުރެއްވުމުގެ އާދަ ގެނގުޅުއްވުމަކީ ވަރަށް މުހިންމު ކަމެއް." އަސްމާ ވިދާޅުވި އެވެ.

އެމްޓީސީސީ ބްލަޑް ކޭމްޕަކީ އެ ކުުންފުނިން ސިލްސިލާކޮށް ކޮށް ބާއްވަމުން އަންނަ ޕްރޮގްރާމެކެވެ.