ހަބަރު

އޮސްޓްރޭލިއާގެ ސްކޮލާޝިޕަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

އޮސްޓްރޭލިޔާ އެވޯޑްސް ސްކޯލާޝިޕަށް ކުރިމަތިލުމުގެ މުއްދަތު މިއަދު އިތުރުކޮށްފި އެވެ.

އޮސްޓްރޭލިޔާ އެވޯޑްސް މޯލްޑިވްސް (އޭއޭއެމް) އިން ބުނީ ސްކޮލާޝިޕްތަކަށް ކުރިމަތިލާ އޮންލައިން ސިސްޓަމަށް އިއްޔެ ދިމާވި މައްސަލައަކާއި ގުޅިގެން އެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހު ފަސްވަނަ ދުވަހާ ހަމައަށް އިތުރު ކޮށްފައިވާ ކަމަށެވެ.

އޭއޭއެމް އިން ބުނީ އެ އެވޯޑަށް ކުރިމަތި ލެވޭނީ އޮސްޓްރޭލިޔާގެ ޔުނިވާސިޓީތަކުން ގަބޫލުކުރާ ފެންވަރުގެ ޑިގްރީއެއް އޮތުމާއި ވަޒީފާގެ ދާއިރާއިން ދެއަހަރު ދުވަހުގެ ތަޖުރިބާ ހުރުމުގެ އިތުރުން ކަނޑަ އެޅިފައިވާ މިންވަރަށް އިނގިރޭސި ފެންވަރު ހުރުމުން ކަމަށެވެ. ރާއްޖެއިން ސްކޮލާޝިޕްތަކަށް މިފަހަރު ދާއިރާ އަކީ މާސްޓާސް ކޯސްތަކުގެ ހަތަރު ދާއިރާ އަށް ކަމަށް އޭއޭއެމް އިން ބުންޏެވެ.

މި ސްކޮލާޝިޕްތަކަށް ހޮވޭ ދަރިވަރުންނަށް ކިޔެވުމުގެ ހަރަދާއި އޮސްޓްރޭލިޔާ ދެކޮޅު ދަތުރުގެ އިތުރުން މެޑިކަލް އިންސުއަރެންސް ވެސް ލިބިގެންދާނެ ކަމަށް އޭއޭއެމް އިން ބުންޏެވެ.