ހަބަރު

އައިލެންޑް ޕާލް އޮފީސް ފަޅާލައި، އަލިފާން ރޯކޮށްލައިފި

May 1, 2017
1

އޯކިޑް މަގުގައި ހުންނަ އައިލެންޑް ޕާލް އޮފީސް ފަޅާލައި އެ އޮފީހުގައި އަލިފާން ރޯކޮށްލައިފި އެވެ.

ފުލުހުން މިއަދު ބުނީ، އެ އޮފީސް ފަޅާލައި އަލިފާން ރޯކޮށްލާފައިވާ ކަމަށެވެ. ނަމަވެސް އެ އޮފީހުން ވަގަށް ނަގާފައިވަނީ ކިހާ ފައިސާއެއް ކަމެއް ނުވަތަ ކޮން އެއްޗެއް ކަމެއް ފުލުހުން ނުބުނެ އެވެ. އަދި މި ހާދިސާ ހިނގި ވަތުތެއް ވެސް ނުބުނެ އެވެ.

ފުލުހުން އިތުރަށް ބުނީ، އެ އޮފީހުން ވައްކަން ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެމީހުން ހައްޔަރުކުރި އިރެއް ވެސް ފުލުހުން ނުބުނެ އެވެ.