ވިޔަފާރި

އެއާޕޯޓް ފެރީ ޓިކެޓް އަގު ބޮޑެއް ނުކުރެވޭނެ: ޓްރާންސްޕޯޓް

May 1, 2017
1

ހުޅުލެ އާއި މާލެއާ ދެމެދު ދަތުރުކުރާ ފެރީތަކުގެ ޓިކެޓެއްގެ އަގުން ކޮޅަކަށް ރުފިޔާއެއް ބޮޑު ކުރަން، ފެރީ އޮޕަރޭޓާ އެސޯސިއޭޝަނުން ނިންމި ނަމަވެސް، އެކަން ނުކުރެވޭނެކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފި އެވެ.

އެއާޕޯޓްސް ފެރީ އޮޕަރޭޓާ އެސޯސިއޭޝަނުން މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން ހުޅުލެ-މާލެ ފެރީ ޓިކެޓު 11ރ. އަށް ބޮޑުކުރަން ނިންމުމާ ގުޅިގެން ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ ޓިކެޓުގެ އަގު ބޮޑު ކުރަން ނިންމާފައިވަނީ ކަމާބެހޭ އެއްވެސް ފަރާތެއްގެ ލަފައެއް އެހުމަކާއި ނުލައި އަދި އެތޯރިޓީއަށް ވެސް އެނގުމެއް ނެތި ކަމަށެވެ.

"... މި ކަމަކީ އޮޕަރޭޓަރަކަށް ކުރެވޭނެ ކަމަށް ނުވާތީ، ފެރީ ޓިކެޓު އަގު ބޮޑު ކުރުމަށް ކޮށްފައިވާ އިއުލާނާ ގުޅޭ މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ވާހަކަ ދަންވަމަމެވެ،" ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފައިވެ އެވެ.

މިހާރު ހުލުލެ އާއި މާލެއާ ދެމެދުގެ ފެރީ ޓިކެޓެއްގެ އަގަކީ 10 ރުފިޔާއެވެ. ނަމަވެސް މި ބަދަލާއެކު ޓިކެޓެއްގެ އަގު 11 ރުފިޔާ އަށް ބަދަލުވާނެ އެވެ.