ވިޔަފާރި

ބޭންކުތަކުން ވިޔަފާރިތަކަށް ދޫކުރި ލޯނު 10 ޕަސެންޓް މައްޗަށް

May 2, 2017
  • ގަވައިދުން ނުދައްކާ ލޯނުތައް 14 ޕަސެންޓް ދަށްވި
  • ބީއެމްއެލް އިން އެކަނި 10 ބިލިއަން ރުފިޔާގެ ލޯނު
  • ބޭންކުތަކުގައި ފައިދާ ވަނީ އިތުރުވެފައި

މިދިޔަ އަހަރު ބޭންކުތަކުން އަމިއްލަ ފަރާތްތަކަށް ދޫކުރި ލޯނުގެ އަދަދު 10 ޕަސެންޓް އިތުރުވެފައިވާ ކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ބުނެފި އެވެ.

އެމްއެމްއޭގެ "އަހަރީ ރިޕޯޓު" ގައި ވާ ގޮތުން، މާލީ ނިޒާމުގެ ސަބަބުން ބޭންކުތަކުން ދޫކުރި ލޯނުގެ އަދަދު ވަރަށް ބޮޑުތަން އިތުރުވެފައިވާ ކަމަށެވެ. އަދި ހަމައެއާއެކު، ގަވައިދުން ފައިސާ ދައްކަމުން ނުދާ ލޯނުތަކުގެ އަދަދުވެސް އިތުރުވެފައިވާކަން މަރުކަޒީ ބޭންކުން ފާހަގަ ކޮށްފައިވެ އެވެ.

"ފާއިތުވެދިޔަ އަހަރާ އަޅާބަލާއިރު ބޭންކިން ނިޒާމުގެ ޖުމްލަ އިތުރުވިނަމަވެސް، ޑިޕޮސިޓް އިތުރުވެފައިނުވި ނަމަވެސް، ބޭންކުތަކުގެ ފައިދާ ވަރަށް ބޮޑުތަން އިތުރުވުމުގެ ސަބަބުން، ބޭންކިން ނިޒާމުގެ ޖުމްލަ އެސެޓު ވަނީ ވަރަށް ބޮޑުތަން އިތުރުވެފަ އެވެ. ލޯނާއި އެހެނިހެން އެސެޓުތަކުގެ ފެންވަރަށް ބަލާއިރު، ޖުމްލަ ލޯނުގެ ތެރެއިން ގަވާއިދުން ފައިސާ ދައްކަމުން ނުދާ ލޯނުގެ އަދަދު 14 ޕަސެންޓް ދަށްވެފައިވާ ކަމަށެވެ،" އެމްއެމްއޭ އިން ބުނެފައިވެ އެވެ.

އެމްއެމްއޭއިން ބުނި ގޮތުގައި ބޭންކިން ދާއިރާގައި ހުރި، ގަވާއިދުން ފައިސާ ދައްކަމުން ނުދާ ބޮޑެތި ލޯނުތަކެއްގެ ފައިސާ އެއްކޮށް އަނބުރާ ލިބުމުގެ ސަބަބުން، ގަވާއިދުން ފައިސާ ދައްކަމުން ނުދާ ލޯނުގެ ޖުމްލަ އަދަދު ދަށްވެ، ފައިދާ އާއި ރައުސްމާލު އިތުރުވެފައިވާ ކަމަށެވެ.

"ބޭންކުތަކުގެ ޖުމްލަ ރައުސްމާލު ވަނީ 2016 ވަނަ އަހަރުގެ ތެރޭ 18 ޕަސެންޓް އިން އިތުރުވެ 10.8 ބިލިއަން ރުފިޔާ އަށް އަރާފަ އެވެ،" އެމްއެމްއޭއިން ބުނެފައިވެ އެވެ.

ބޭންކުތަކުން ދޫކުރާ ލޯނުގެ އަދަދު އިތުރުވެފައިވާއިރު ރާއްޖޭގައި މިހާރު އަށް ބޭންކަކުން ހިދުމަތްދެ އެވެ. އަދި ބޭންކުތަކުގައި ރައްކާކޮށްފައި 30 ބިލިއަން ރުފިޔާ އެބަހުއްޓެވެ.