ވިޔަފާރި

ފަސް ރުފިޔާގެ އާ ނޫޓް ބޭނުން ކުރަން ފަށައިިފި

ފަސް ރުފިޔާގެ އާ ނޫޓު ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި ގަވަރުނަރު އަޒީމާ އާދަމް (ވ) ގައި- ފޮޓޯ: އަހުމަދު ޝުރާއު| އަވަސް
0%
0%
0%

ފަސް ރުފިޔާ އާ ނޫޓު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ސާކިއުލޭޝަނަށް ނެރެ، މިއަދުން ފެށިގެން ބޭނުންކުރަން ފަށައިފި އެވެ.

މަރުކަޒީ ބޭންކުގައި ހެނދުނު އެ އޮތޯރިޓީގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި ޕޮލިމާ ކަރުދާހުގައި ޗާޕުކޮށްގެން ގެނައި ފަސް ރުފިޔާގެ އާ ނޫޓު ދައްކުވައިދެނީ މުއާސަލާތުކުރުމާއި އިޖުތިމާއީ ގުޅުމެވެ. އަދި މި ނޫޓުގެ މޫދު މަތީގެ ކުރެހުމުގައި ވަނީ ރާއްޖެ އާއި މި ސަރަހައްދުގެ ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) އެވެ.

ފަސް ރުފިޔާގެ އާ ނޫޓު ވެސް ފަރުމާކޮށްފައިބަނީ ރަންދިހަ ފަހެއްގެ ހުރިހާ ނޫޓެއްވެސް ފަރުމާކޮށްފައިވާ ކުރި އަބްދުﷲ ނަޝާތު އެވެ.

ފަސް ރުފިޔާގެ އާ ނޫޓު- ފޮޓޯ: އަހުމަދު ޝުރާއު| އަވަސް

ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމާ ދިމާކޮށް މިދިޔަ އަހަރު ނެރެފައިވާ "ރަން ދިހަ ފަހެއް" ގެ ނޫޓު ސީރީޒްގައި ހިމެނެނީ 10، 20، 50، 100، 500 އަދި 1،000 ރުފިޔާގެ ނޫޓެވެ. އަލަށް ނެރުނު ފަސް ރުފިޔާގެ ނޫޓާއެކު މިހާރުގެ ނޫޓު ބޭނުން ކުރުން ހުއްޓާލަން ނިންމާފައިވަނީ މި އަހަރު ޑިސެމްބަރު މަހުގެ ނިޔަލަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910