ވިޔަފާރި

ފޮރެކްސް ޓްރޭޑިންއާ ބެހޭ ގާނޫނީ އޮނިގަނޑެއް ހަދަނީ

0%
0%
0%

ފޮރިން އެކްސްޗޭންޖު މާކެޓު ޓްރޭޑިން ނުވަތަ "ފޮރެކްސް" ޓްރޭޑިންއާ ބެހޭ ގާނޫނީ އޮނިގަނޑެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މަރުކަޒީ ބޭންކް، (އެމްއެމްއޭ) އިން ބުނެފި އެވެ.

އެމްއެމްއޭ އިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ ފޮރެކްސް ޓްރޭޑިން އެ ވިޔަފާރި ރެގިއުލޭޓް ކުރަން ފެށުމަށްޓަކައި، އެކަމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވާލުމާއި އެނޫން ވެސް ކަންކަން ކުރަމުންދާ ކަމަށާ މި ވިޔަފާރިއަކީ މިހާރު ރެގިއުލޭޓް ކުރެވޭ ވިޔަފާރިއެއް ނޫން ކަމަށެވެ.

"ފޮރެކްސް ޓްރޭޑިން" އަކީ ބޭރު ފައިސާ މާކެޓުގައި އިންވެސްޓްކޮށްގެން ހިންގާ އޮންލައިން ވިޔަފާރި އެކެވެ.

އެމްއެމްއޭ އިން ބުނީ ރާއްޖޭގައި ފޮރެކްސް ޓްރޭޑިން ވިޔަފާރިކުރާކަން ބަޔާންކޮށް އެ ވިޔަފާރި ހިންގާ ބައެއް ފަރާތްތަކުން ދަނީ ސޯޝަލް މީޑިއާގައި އިސްތިހާރު ކުރަމުދާ ކަމަށެވެ. އަދި ފޮރެކްސް ޓްރޭޑިން ވިޔަފާރިކުރާފަރާތްތައް މެދުވެރިކޮށް ބޭރު ފައިސާ ޓްރޭޑް ކުރުމުގެ ކުރިން އެކަމުން ކުރިމަތިވެދާނެ ރިސްކް ތަކަށް ބެލުމަށް ސަމާލުވުން މުހިންމު ކަމަށެވެ.

9 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910