ވިޔަފާރި

ދެ ރުފިޔާގެ ލުއި ފައިސާ ފޮތި ޖަހައިގެން ގެނެސްފި

މިހާރު ބޭނުން ކުރަމުން ގެންދާ ދެ ރުފިޔާގެ ފައިސާ ފޮއްޗެއް- ފޮޓޯ: ވޯލްޑް އޮފް ކޮއިންސް
0%
0%
0%

އަލަށް ނެރެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ތައްޔާރުވަމުންދާ ދެ ރުފިޔާގެ ލުއި ފައިސާ ފޮތިތައް ޖަހައިގެން އަނެއްކާ ވެސް ރާއްޖެ ގެނެސްފިއެވެ.

މީގެ ދެ މަސް ކުރިން ވެސް ދެ ރުފިޔާގެ ފައިސާ ފޮތީގެ ޝިޕްމަންޓެއް ގެނެސްފައިވެ އެވެ.

އެމްއެމްއޭ އިން ބުނީ އެ އޮތޯރިޓީންް ނެރެފައިވާ ފައިސާާ ފޮތިތަކުގެ ތެރެއިން ދެ ރުފިޔާގެ ފައިސާ ފޮތި އަލުން ޖަހައިގެން އިއްޔެ ރާއްޖެ ގެނެވި، ދައުލަތުގެ ޚަޒާނާގައި ރައްކާކުރެވިފައިވާ ކަމަށެވެ.

އެމްއެމްއޭއިން ދަނީ މި ފައިސާ ފޮތި މި އަހަރުގެ ތެރޭގައި ނެރެން މަސައްކަތް ކުރަމުންނެވެ.

މަރުކަޒީ ބޭންކުން ވަނީ "ރަންދިހަ ފަހެއް" ގެ ނަމުގައި މުޅިންއާ ނޫޓު ސީރީޒެއް ވެސް ނެރެފަ އެވެ. މިނިވަން ކަމަށް ބައި ގަރުނު ފުރުން ފާހަގަ ކޮށް މިދިޔަ އަހަރު ނެރެފައިވާ ނޫޓު ސީރީޒްގައި ސީރީޒްގައި 10، 20، 50، 100، 500 އަދި 1،000 ރުފިޔާގެ ނޫޓުތައް ހިމެނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910