ވިޔަފާރި

އީވޯ ރޯދަ ޕްރޮމޯޝަން ބޮޑެތި ޑިސްކައުންޓްތަކާ އެކު ފަށައިފި

ރޯދަމަހާއި ދިމާކޮށް އީވޯއިން ބޮޑެތި ޑިސްކައުންޓްތަކާއި އެކު އީވޯ ރޯދަ ޕްރޮމޯޝަން 2017 މިއަދު ފަށައިފި އެވެ.

ޖޫން މަހުގެ 10އެއްގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަން ކުރިއަށް ދަނީ އީވޯ ފްލޮރިންގަ އެވެ. މި ޕްރޮމޯޝަން ކުރިއަށް ދާއިރު އެ ފިހާރައިން ގަންނަ ޕްރޮޑަކްޓަކުން 40 ޕަސެންޓާ ހަމަޔަށް ޑިސްކައުންޓެއް ލިބޭނެ ކަމަށާއި ގޭގޭގައި އިންސްޓޯލް ކޮށްދިނުމުގެ ހިދުމަތް ހިލޭ ލިބޭނެ ކަމަށް އީވޯ އިން ބުންޏެވެ. އިތުރަށް އީވޯއިން ބުނީ މިހާރު އެފިހާރައިން ލިބެން ހުރި ޕްރިޑަކްޓުތަކުގެ އަގުތަކަކީ ރާއްޖޭގައި އެތަކެތި ލިބޭނެ އެންމެ ހެޔޮ އަގު ކަމަށާއި ހުރިހާ ޕްރޮޑަކްޓެއް ވެސް މިހާރު ލިބޭނީ އަސްލު އަގުގެ 40 ޕަސެންޓު ހެޔޮކޮށް ކަމަށެވެ.

އީވޯ ފްލޯރިންއަކީ ތަފާތު ރޭންޖު ތަކުގެ ލަކުޑި ފްލޯރިން، ޑެކިން އަދި ޓައިލްސް އާ ފިނިޝިން މެޓީރިއަލްސް ލިބެން ހުންނަ ތަނެކެވެ. އަދި އެތަނުގައި ޔޫރަޕްގެ އެންމެ މަޝްހޫރު ފްލޯރިން ސާމާނު ލިބެން ހުންނައިރު އިންޑޯގެ އިތުރުން އައުޓް ޑޯ ފްލޯރިންވެސް ލިބެން ހުރެ އެވެ. އޮފީސްތަކުގެ ފްލޯރިންގެ އިތުރުން ގޭގެއަށް ބޭނުންވާނެ ފްލޯރިންތައް ވެސް އީވޯ ފްލޯރިންއިން ލިބެ އެވެ.

މި ފިހާރާގައި އެންމެ ފެންވަރު ރަނގަޅު ފްލޯރިން ލިބެން ހުރިއިރު އަގުތައް ވެސް ހުރީ ވަރަށް އެކަށީގެންވާ ގޮތެއްގަ އެވެ. އާއްމުކޮށް މާލޭގައި ހުރި ފްލޯރިންނާ އަޅާ ބަލާއިރު ފެންވަރު ރަނގަޅު އުފެއްދުންތަކެއް ވަރަށް ހެޔޮ އަގުތަކުގައި ލިބެ އެވެ.