ހަބަރު

އިސްލާމިކް ފައިނޭންސް ކުރިއަރުވަން މަޝްވަރާތައްކޮށްފި

އިސްލާމިކް ފައިނޭންސަށް ހުރި ގޮންޖެހުންތަކާބެހޭ ގޮތުން މަޝްވަރާ ކުރަން ބައްދަލުމެއް ބާއްވައިފި އެވެ.

އިއްޔެ މާލޭގައި ބޭއްވި ބައްދަލުވުމަކީ ރާއްޖޭގައި އިސްލާމިކް ފައިނޭންސަށް އޮންނަ ޑިމާންޑް އިތުރުވަމުން އަންނާތީ ދާއިރާ އިތުރަށް ފުޅާކޮށް އެކަމަށް ހާއްސަ މަރުކަޒުތަކާއި ދައުލަތުގެ މުއައްސަސާތަކާއި އޮންނަ ގުޅުން އިތުރަށް ވަރުގަދަ ކުރުމުގެ މަގުސަދުގައި ބޭއްވި ބައްދަލުވުމެކެވެ. މޯލްޑިވްސް ސެންޓާ ފޯ އިސްލާމިކް ފައިނޭންސް (އެމްސީއައިއެފް) ގެ ހެޑް އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި ރާއްޖޭގެ ގިނަ މުއައްސަސާތަކަކުން ބައިވެރިވި އެވެ.

އެމްސީއައިއެފް އިން އިންތިޒާމު ކޮށްގެން ބޭއްވި މި ބައްދަލުވުމުގައި އިސްވެ މައުލޫމާތު ދީފައިވަނީ އެމްސީއައިއެފްގެ ބޯޑް ޑިރެކްޓާ އުމަރު ޝައިހު އެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލި އަޅުވާލައިގެން މަޝްވަރާ ކުރީ ރާއްޖޭގައި އިސްލާމިކް ފައިނޭންސްގެ ހިދުމަތް ދެމުން އަންނަ މަރުކަޒުތަކަށް ސަޕޯޓުކޮށް އެ މަރުކަޒުތައް އިތުރަށް ތަރައްގީކޮށް ކުރިއެރުވޭނެ ގޮތްތަކާއި ބެހޭގޮތުންނެވެ.

ރާއްޖޭގައި މިވަގުތު އިސްލާމިކް ފައިނޭންސްގެ ހިދމަތް ދެމުން އަންނަ ހަމައެކަނި މުއައްސަސާތަަކީ ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސިން ކޯޕަރޭޝަން އަމްނާ އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާއި ބެންކް އޮފް މޯލްޑިވްސް އިސްލާމިކް (ބިއެމްއެލް އިސްލާމިކް) އިންނެވެ.