ހަބަރު

ސައުދީން 50 ޓަނުގެ ކަދުރު ހަދިޔާކޮށްފި

May 4, 2017
3

ސައުދި އަރަބިއްޔާއިން ރާއްޖެއަށް 50 ޓަނުގެ ކަދުރު މިއަދު ހަދިޔާކޮށްފި އެވެ. ސައުދީން ހަދިޔާކުރި މި ކަދުރަކީ ސައޫދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒުގެ ފަރާތްޕުޅުން ދޭ ހަދިޔާއެކެވެ.

ކަދުރު ހަވާލުކުރުމަށް މިއަދު ސައުދީ އެމްބަސީގައި ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން ކަދުރުގެ އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރެކެވެ. ސައުދީގެ ފަރާތުން ސޮއި ކުރެއްވީ ރާއްޖޭގައި ހުންނަވާ ސައޫދީ ސަފީރުގެ ނައިބު މެތުރިކް އަލް ދޮސާއީ އެވެ.

ކޮންމެ އަހަރަކު ރޯދަ މަހާ ދިމާކޮށް ސައުދީން ރާއްޖެއަށް ކަދުރު ހަދިޔާ ކުރާއިރު މިދިޔަ އަހަރު ވެސް 50 ޓަނުގެ ކަދުރު ހަދިޔާ ކޮށްފައި ވެއެވެ.